މޮޒަމްބީކުގެ އިންތިޚާބު ވެރިކަންކުރާ ޕާޓީން ކާމިޔާބުކޮށްފި
މޮޒަމްބީކުގެ އިންތިޚާބު ވެރިކަން ކުރާ ފްރެލިމޯ ޕާޓީއިން ކާމިޔާބުކޮށްފި ކަމަށް ކޯޓުން ކަނޑައަޅައިފިއެވެ. މޮޒަމްބީކުގެ އެންމެ މަތީ ކޯޓުން ވަނީ އޮކްޓޯބަރު މަހު ބޭއްވުނު އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީ ފްރެލިމޯގެ ކާމިޔާބީ ކަށަވަރުކޮށްދީފައެވެ. މިއީ އިދިކޮޅު ފަރާތްތަކުން އިންތިޚާބުގައި ވޯޓު ވަގަށް ނެގިކަމަށް ބުނެ ބޮޑެތި މުޒާހަރާތަކެއް ކުރި އިންތިޚާބެކެވެ. ކޮންސްޓިޓިއުޝަނަލް ކައުންސިލުން ހޯމަ ދުވަހު ނެރުނު ޙުކުމާ ގުޅިގެން، 35 މިލިއަނަށް ގާތްކުރާ އާބާދީއެއް އޮތް ދެކުނު އެފްރިކާގެ މި ޤައުމުގައި އިތުރު...