މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,712 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 128 ވަނަ ޞަފްޙާ

މުޒާހަރާތައް ހޫނުވެ ސާބިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

މުޒާހަރާތައް ހޫނުވެ ސާބިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ސާބިއާގެ ބޮޑުވަޒީރު މިލޮސް ވުސެވިޗް އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވާފައި މިވަނީ ނޮވެމްބަރު މަހު ހިނގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ފެށުނު މުޒާހަރާތަކުގެ ތެރެއިންނެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ އެއީ އެމަނިކުފާނުގެ އަމިއްލަ ނިންމެވުމެއް ކަމުގައެވެ. ބޮޑުވަޒީރު ވުސެވިޗް އިސްތިއުފާ ދެއްވިއިރު، ދަނޑުވެރިންގެ އެހީތެރިކަމާއެކު މުޒާހަރާކުރި ފަރާތްތަކުން ބެލްގްރޭޑްގެ މައި މަގުތަކުގެ ދަތުރުފަތުރު ވަނީ ހުއްޓުމަކަށް ގެ...

އަޙްމަދު ދާއޫދު
ޗައިނާގެ 'ޑީޕްސީކް' އެޕަލްގެ ޑައުންލޯޑް ރޭންކިންގެ އެއްވަނައަށް

ޗައިނާގެ 'ޑީޕްސީކް' އެޕަލްގެ ޑައުންލޯޑް ރޭންކިންގެ އެއްވަނައަށް

ޗައިނާގެ އޭއައި ޕްލެޓްފޯމް ޑީޕްސީކް، އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އަށްވުރެ ކުރިއަރައިގެން ދިޔުމާއެކު އެޕަލްގެ ޑައުންލޯޑް ރޭންކިންގެ އެއްވަނައަށް އަރައިފިއެވެ. ޓެކްކްރަންޗްގެ ރިޕޯޓެއްގައި ވާގޮތުން ޗައިނާގެ އައު އޭއައި ޕްލެޓްފޯމް ޑީޕްސީކް ވަނީ އެޕަލްގެ ޑައުންލޯޑް ރޭންކިންގައި އެމެރިކާގެ މަޝްހޫރު އޭއައި ޕްލެޓްފޯމް ޗެޓްޖީޕީޓީއަށްވުރެ ކުރިއަރައިގެން ގޮސްފައެވެ. މިފާއިތުވި ފަސްދުވަހުގެ ތެރޭރޭގައި ލޯންޗްކުރި ޑީޕްސީކް ވަނީ އެންމެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑަށް ކުރިއެރި ޕްލެޓްފޯމްގެ މަޤާމުވެސް ހޯ...

އަޙްމަދު ދާއޫދު
ޓްރަމްޕް އިންޑިއާއަށް: އަހަރެމެން އަަތުން ހަތިޔާރު ގަތުން އިތުރުކުރޭ!

ޓްރަމްޕް އިންޑިއާއަށް: އަހަރެމެން އަަތުން ހަތިޔާރު ގަތުން އިތުރުކުރޭ!

އެމެރިކާގެ ހަތިޔާރު ގަތުން އިތުރުކުރުމަށް ޓްރަމްޕް އިންޑިއާއަށް ގޮވާލައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ދެމެދު ކުރެވުނު ފޯނު މަޝްވަރާއެއްގައި، ދެ ގައުމުގެ ސިޔާސީ ގުޅުން ކުރިއެރުވުމަށް މަސައްކަތް ކުރަން އެއްބަސްވެވަޑައިގެންނެވިއެވެ. ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގައި އުފައްދާ ސަލާމަތީ އާލާތްތައް އިންޑިއާއިން ގަތުން އިތުރުކުރުމުގެ މުހިންމުކަމާއި، ދެ ގައުމު ދެމެދު ހަމަހަމަ ވިޔަފާރީގެ ގުޅުމެއް ގާއިމުކުރުމަށ...

އަޙްމަދު ދާއޫދު
ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވައިނުލުމަށް އދ. އިން ގޮވާލައިފި

ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވައިނުލުމަށް އދ. އިން ގޮވާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި، ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމުގެ ހުށަހެޅުއްވުމަށް އ.ދ އިން ދެކޮޅު ހަދައިފިއެވެ. އ.ދ ގެ ސްޕޯކްސްޕަރސަން ސްޓެފާން ދުޖާރިކް ވިދާޅުވި ގޮތުގައި “މީހުން ބާރުގެ ބޭނުންކޮށްގެން ބަދަލުކުރުމަށް ނުވަތަ ނަސްލު ފޮހެލުމަށް ހުށަހަޅާ އެއްވެސް ޕްލޭނަކަށް އެއްބަސްވެވެން ނެތް” ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާ “ސާފުކޮށް” އެތަނުގެ ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކުރުމަށެވެ. އަދި އިޒްރާއީލުގެ ހަނގުރާމައިގެ ސަބަބު...

އަޙްމަދު ދާއޫދު
ކޮލޮމްބިއާއާ ދެކޮޅަށް ފިޔަވަޅު އަޅަން ޓްރަމްޕް އަމުރުކޮށްފި

ކޮލޮމްބިއާއާ ދެކޮޅަށް ފިޔަވަޅު އަޅަން ޓްރަމްޕް އަމުރުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮލޮމްބިއާ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަމުރުކޮށްފިއެވެ. ކޮލޮމްބިއަށް ފިޔަޅު އަޅަން ޓްރަމްޕްމް އަމުރުކުރީ ކުށްވެރިން އަނބުރާ ގެންދިއުމަށް ފޮނުވި ދެ ފްލައިޓް ބަލައިނުގަތުމާ ގުޅިގެންނެވެ. އެ ޤައުމާ ދެކޮޅަށް ޓެރިފްްއާ ވިސާ ހަނިކުރުމާއި އަދި އެހެނިހެން ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އާދީއްތަ ދުވަހު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް “ޓްރޫތް ސޯޝަލް” ގައި ޓްރަމްޕް ބުނި ގޮތުގައި މި ފިޔަވަޅުތަކަކީ ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯގެ […]

އަޙްމަދު ދާއޫދު
ޖަރުމަނު އެއަރޮސްޕޭސް އިންޖިނިއަރަކު ކަނޑުއަޑީގައި ރެކޯޑެއް ހަދައިފި

ޖަރުމަނު އެއަރޮސްޕޭސް އިންޖިނިއަރަކު ކަނޑުއަޑީގައި ރެކޯޑެއް ހަދައިފި

ޕެނަމާގެ އުތުރު ސަރަޙައްދުގެ ކަނޑުއަޑީގައި ބަހައްޓާފައިވާ ކެޕްސިއުލެއްގައި 120 ދުވަހު ދިރިއުޅެ، ޑީކޮމްޕްރެޝަން ނުކޮށް އެންމެ ދިގު މުއްދަތަކަށް ކަނޑުއަޑީގައި އުޅުނު މީހާގެ ދުނިޔޭގެ ރެކޯޑު ޖަރުމަނުގެ އެއަރޮސްޕޭސް އިންޖިނިއަރެއް ކަމުގައިވާ ރުޑިގަރ ކޯޗް (59 އަހަރު) ހަދައިފިއެވެ. މި ރެކޯޑު ހެދި ކަން ގިނިސް ވޯލްޑް ރެކޯޑްސްގެ ފަނޑިޔާރު ސުސާނާ ރެޔެސް ހުކުރު ދުވަހުވަނީ ކަށަވަރުކޮށްދީފައެވެ. ކަނޑުއަޑީގައި 11 މީޓަރު ފުންމިނުގައި ބަހައްޓާފައިވާ 30 އަކަމީޓަރުގެ ކެޕްސިއުލްގައި ހޭދަކުރި 120 ދުވަހުގެ މުއްދަތަށް...

އަޙްމަދު ދާއޫދު
ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް އަންނާނެ: ޓްރަމްޕް

ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް އަންނާނެ: ޓްރަމްޕް

ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް އަންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނެވޭނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ފާއިތުވި ހަފްތާތަކުގައި ވެސް ވިދާޅުވެފައި ވާއިރު ޓްރަމްޕް މިވަނީ އަނެއްކާވެސް އެކަން ތަކުރާރު ކުރައްވާފައެވެ. “އަހަރެމެންނަށް އެތަން ލިބޭނެ ކަމަށް އަހަރެން ހިތަށްއަރަނީ،” އެއަރ ފޯސް ވަން މަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ ގްރީންލޭންޑްގެ 57،000 ރައ...

އަޙްމަދު ދާއޫދު
ޓްރަމްޕްގެ ކެބިނެޓުން ބޭނުންވަނީ ޓިކްޓޮކްގެ ކޮންޓްރޯލް އޮރަކަލްއާ ހަވާލުކުރުމަށް

ޓްރަމްޕްގެ ކެބިނެޓުން ބޭނުންވަނީ ޓިކްޓޮކްގެ ކޮންޓްރޯލް އޮރަކަލްއާ ހަވާލުކުރުމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެބިނެޓުން، މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން ޓިކްޓޮކް ކޮންޓްރޯލްކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި އޮރަކަލްއާ ހަވާލުކުރުމަށް ބޭނުންވާ ކަން ހާމަވެއްޖެއެވެ. އެން.ޕީ.އާރްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މިހާރު މަޝްވަރާކުރެވެމުންދާ ޕްލޭންގެ ދަށުން، އޮރަކަލްއާއި އެހެނިހެން އެމެރިކާގެ އިންވެސްޓަރުންނަށް ޓިކްޓޮކްގެ އެލްގޮރިދަމް، ޑޭޓާ އެއްކުރުން އަދި ސޮފްޓްވެއަރ އަޕްޑޭޓްތައް މެނޭޖްކުރުމުގެ ބާރު ލިބިގެންދާނެއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ މި މައްސަލަ...

އަޙްމަދު ދާއޫދު
ޕާކިސްތާނުގައި ޕޯލިއޯ އިތުރުވަމުންދާތީ ބައިނަލްއަޤްވާމީ ކަންބޮޑުވުން

ޕާކިސްތާނުގައި ޕޯލިއޯ އިތުރުވަމުންދާތީ ބައިނަލްއަޤްވާމީ ކަންބޮޑުވުން

ޕާކިސްތާނުގައި ޕޯލިއޯ ބަލި އަލުން އިތުރުވަމުންދާކަން ފާހަގަކުރެވި، މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ ޞިއްޙީ މާހިރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 2023 ވަނަ އަހަރު މުޅި ދުނިޔޭގައި ހަމައެކަނި 6 ކޭސް ރިޕޯޓުކުރެވުނު ނަމަވެސް، 2024 ވަނަ އަހަރު މިހާތަނަށް ޕާކިސްތާނުގައި 73 ކޭސް ރިޕޯޓުކުރެވިފައިވާކަމަށް ޞިއްޙީ އިދާރާތަކުން ބުނެއެވެ. ޕޯލިއޯ ބަލި ނައްތާލުމަށް ކުރެވެމުންދިޔަ މަސައްކަތްތަކަށް މިއީ ބޮޑު ހުރަހެއް ކަމުގައި ޞިއްޙީ މާހިރުން ދެކެއެވެ. އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޕޯލިއޯ ބ...

އަޙްމަދު ދާއޫދު
ޓްރަމްޕް ރައީސްކަމުގައި ހުރިނަމަ ޔުކްރެއިން ހަނގުރާމަ ނުހިނގީސް: ޕުޓިން

ޓްރަމްޕް ރައީސްކަމުގައި ހުރިނަމަ ޔުކްރެއިން ހަނގުރާމަ ނުހިނގީސް: ޕުޓިން

2020 ވަނަ އަހަރު އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް އަލުން އިންތިޚާބުވެފައިވާނަމަ، 2022 ވަނަ އަހަރު ފެށުނު ޔުކްރެއިން ހަނގުރާމަ ނުހިނގީސްކަމުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ. ރަޝިޔާގެ ޓީވީ ޗެނަލް ރޮސިޔާ 1 އަށް ހުކުރު ދުވަހު ދެއްވި އިންޓަވިއުއެއްގައި ޕުޓިން ވިދާޅުވީ، ޔުކްރެއިން ހަނގުރާމައާ ގުޅޭގޮތުން ސުލްހައިގެ މަޝްވަރާތަކަށް ރަޝިޔާ އަބަދުވެސް ހުޅުވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާގެ އިދާރާތަކާ ގުޅުން ބޭއްވުމަށް ރަޝިޔާއިން އެއްވެސް އިރެއްގައި އިންކާރުކޮށްފައި...

އަޙްމަދު ދާއޫދު
ޚިޔާނާތުގެ މައްސަލައެއްގައި ރާޖަޕަކްސާގެ ދަރިކަލަކު ހައްޔަރުކޮށްފި

ޚިޔާނާތުގެ މައްސަލައެއްގައި ރާޖަޕަކްސާގެ ދަރިކަލަކު ހައްޔަރުކޮށްފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން ޔޮޝިތާ ރާޖަޕަކްސާ، މުދަލެއް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރި ކަމުގެ ތުހުމަތުގައި ހޮނިހިރު ދުވަހު އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. ކުރީގެ ނޭވީ އޮފިސަރެއް ކަމުގައިވާ ޔޮޝިތާ ހައްޔަރުކޮށްފައިވަނީ އޭނާގެ އާއިލާގެ އަވަށްޓެރި ސަރަޙައްދު ކަމުގައިވާ ބެލިއާޓާ އިންނެވެ. އޭނާ ހައްޔަރުކުރީ 2015 ވަނަ އަހަރުގެ ކުރިން، އޭނާގެ ބައްޕަ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ގަނެފައިވާ މުދަލަކާ ގުޅޭގޮތުން ކުރެވެމުންދާ ތަޙުޤީޤަކަށް ބަ...

އަޙްމަދު ދާއޫދު
ޗައިނާއިން އިތުރު މުވާސަލާތީ ސެޓެލައިޓެއް ފޮނުވާލައިފި

ޗައިނާއިން އިތުރު މުވާސަލާތީ ސެޓެލައިޓެއް ފޮނުވާލައިފި

ޗައިނާއިން އިތުރު މުވާސަލާތީ ޓެސްޓް ސެޓެލައިޓެއް ޖައްވަށް ފޮނުވާލައިފިއެވެ. ޗައިނާގެ ސަރުކާރުގެ މީޑިއާއިން ހާމަކުރި ގޮތުގައި، މިއީ އެ ޤައުމުން މިއަހަރުގެ މިހާތަނަށް ޖައްވަށް ފޮނުވާލި ހަވަނަ މުވާސަލާތީ ޓެކްނޮލޮޖީ ޓެސްޓް ސެޓެލައިޓެވެ. ބޭޖިންގުން މި ސެޓެލައިޓް އުދުއްސާލީ ބުރާސްފަތި ދުވަހުގެ ރޭގެ ފަހު ވަގުތެއްގައި، އިރުމަތީ ސީޗުއާން ޕްރޮވިންސްގައި ހުންނަ ޒީޗަންގް ސެޓެލައިޓް މަރުކަޒުންނެވެ. މިކަން ޒިންހުއާ ނިއުސްއިން ވަނީ ރިޕޯޓުކޮށްފައެވެ. ސެޓެލައިޓް އުދުއްސާލުމަށް ބޭނުންކުރީ ލޯންގް މާޗް-3ބީ ރޮކެޓެކެ...

އަޙްމަދު ދާއޫދު
ޖެނީންގައި އިސްރާއީލުން ހިންގާ އުދުވާންތަކާ ހެދި ހަނގުރާމަ އަލުން ފެށިދާނެ: އދ

ޖެނީންގައި އިސްރާއީލުން ހިންގާ އުދުވާންތަކާ ހެދި ހަނގުރާމަ އަލުން ފެށިދާނެ: އދ

ހުޅަނގު އައްސޭރީގެ ޖެނީން ސިޓީގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރު އޮތްކަމަށްބުނެ އދ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.  އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ޑެސްކުގެ ތަމީން އަލް-ކީތާން ވިދާޅުވި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން، ޣައްޒާގައި ހުއްޓުމަކަށް އައިސްފައިވާ ހަނގުރާމަ އަލުން ފެށިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ. ހުކުރު ދުވަހު ދެއްކެވި ވާހަކަފުޅުގައި ތަމީން އަލް-ކީތާން ވިދާޅުވީ އިސްރާއީލުން ޖެނީންގައި ހިންގަމުންދާ ހަމަލާތަކަ...

އަޙްމަދު ދާއޫދު
އީރާނާއެކު އައު ނިއުކްލިއަރ އެއްބަސްވުމެއް ވެވިދާނެ: ޓްރަމްޕް

އީރާނާއެކު އައު ނިއުކްލިއަރ އެއްބަސްވުމެއް ވެވިދާނެ: ޓްރަމްޕް

އީރާނާއެކު އައު ނިއުކްލިއަރ އެއްބަސްވުމެއް ވެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ނަމަވެސް އެފަދަ އެއްބަސްވުމެއްގެ ތަފްސީލުތައް ވަރަށް ފަރުވާތެރިކަމާއެކު ވާހަކަދައްކައިގެން ނިންމަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، “އީރާނާ ބެހޭގޮތުން އަހަރެން ދައްކާފައިވާ ހަމައެކަނި ވާހަކައަކީ އެމީހުންނަށް ނިއުކްލިއަރ ހަތިޔާރު ނުގެންގުޅެވޭނެ ކަމާއި، އެމީހުންނަކީ ދީނީ ހައްދުފަހަނައަޅާފައިވާ ބައެއް ކ...

އަޙްމަދު ދާއޫދު
އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން އަވަސްކޮށްފައިވާކަމުގެ ތުހުމަތު

އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން އަވަސްކޮށްފައިވާކަމުގެ ތުހުމަތު

އީރާނުން ހަތިޔާރު އުފެއްދޭ މިންވަރަށް ޔުރޭނިއަމް މުއްސަނދިކުރުން އަވަސްކޮށްފި ކަމަށް އައިއޭއީއޭ އިން ތުހުމަތު ކޮށްފިއެވެ. މިދިޔަ ބުދަ ދުވަހު އ.ދ.ގެ ނިއުކްލިއަރ ވޮޗްޑޯގް އޭޖެންސީގެ އިސްވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވެފައިވަނީ އީރާނުން ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ ފެންވަރަށް ޔުރޭނިއަމް މުއްސަނދިކުރުން އަވަސްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުން ފާއިތުވި މަހު އިޢުލާނުކުރި ގޮތަށް މިހާރު ވަނީ މުއްސަނދިކުރުން އަވަސްކޮށްފައެވެ. އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އ...

އަޙްމަދު ދާއޫދު