އަޔަލެންޑުގެ ފޮރިންމިނިސްޓަރ އެގައުމުގެ ބޮޑުވަޒީރުކަމަށް
އަޔަލެންޑުގެ ފޮރިންމިނިސްޓަރ މައިކަލް މާޓިން އެގައުމުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެއްޖެއެވެ. އަޔަލެންޑުގެ ޕާލިމެންޓުން ނެގިވޯޓްގައި މައިކަލް މާޓިން އެ ގައުމުގެ އައު ބޮޑުވަޒީރު ކަމަށް ނުވަތަ ޓައޮއިސިޗްގެ މަޤާމަށް އިންތިޚާބު ކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި އިންތިޚާބީ ވޯޓު ނެގުނީ ބުދަ ދުވަހު ޕާލިމެންޓް އެކި ފަހަރު މަތިން މެދުކަނޑާލަން ޖެހުނު މިންވަރަށް ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ދެމެދު ހޫނު ބަހުސްތަކެއް ކުރިއަށް ދިޔުމަށްފަހުގައެވެ. 64 އަހަރުގެ ފިއާނާ ފެއިލް ލީޑަރުގެ ނަން ހުށަހެޅުނު ވޯޓުގ...