ޔޫކުރެއިން ހަނގުރާމައިން ލިބޭ 10 ފިލާވަޅު!
ހަނގުރާމައެއް ނުވަތަ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށްދާއިރު އަރަމުންދާ ހިރަފުސްތަކުން ހަގީގީ މަންޒަރު ހަމަ ލޮލަށް ނުފެނިދާނެއެވެ. ހަނގުރާމައިގެ މޮޅާއި ދެރަ، ކާމިޔާބާއި ނާކާމިޔާބު އެނގޭނީ ހަނގުރާމަ ނިމުނީމައެވެ. ނަމަވެސް ހަނގުރާމައެއް ހިނގަމުންދާއިރު ވެސް އެނގޭނެ ކަންތައްތަކެއް ހުންނާނެއެވެ. ލިބިގަނެވިދާނެ ޢިބުރަތްތަކަކާއި ހޯދިދާނެ ފިލާވަޅުތަކެއް ހުންނާނެއެވެ. 1. ޔޫކްރެއިނަކީ މިނިވަން މުސްތަޤިއްލު ޤައުމެކެވެ. ރަޝިއާއިން ވެސް އެކަމަށް ވަނީ އިޢުތިރާފު ވެފައެވެ. އެކަމަކު ޔޫކްރެއިނަކަށް ބޭނުން ބަޔަކާ ގ...