ޛިކުރު ކުރުމަކީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން ވާކަމެކެވެ. މުސްލިމު މީހާ އަބަދުވެސް ﷲ ހަނދުމަކޮށް ޛިކުރު ކުރާ ކަމުގައިވަނީނަމާ އޭނާ ވާނީ ހަމަޖެހިގެންވާ ދިރިއުޅުމެއްގައެވެ. ކިތަންމެ ބޮޑު ކަމެއް ލައިގަތަސް އޭނާގެ ކިބައިގައި މާބޮޑު ހާސް ކަމެއް ނުވާނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾ މާނަ: “އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
4 އަހަރު ކުރިން
އެކި މީހުން “މިލްކް ކޭކް” އަޅަނީ ތަފާތު އެކި ގޮތް ގޮތަށެވެ. މިއަދު މިކިޔާދެނީ ރޯދަމަހުގެ ސުފުރާ ފަޅުފިލުވާލުމަށް ފަސޭހައިން ތައްޔާރު ކުރެވިދާނެ ގޮތެކެވެ. މިއީ ކުޑަ ހަރަދަކުން ތައްޔާރު ކުރެވޭ މީރު ކޭކެކެވެ. ބޭނުންވާ ތަކެތި 1 ޕެކެޓް ވެނީލާ ކޭކް މިކްސް 3 ބިސް 1/3 ތަށި ފެން 1/2 ތަށި ތެޔޮ ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް އެއްކޮށްލާށެވެ. ޓްރޭ ސެޓް ކުރުމަށްފަހު އަވަން 180 ހޫނުމިނުގައި 40 މިނެޓު ވަންދެން ފިހެލާށެވެ. އެކި […]
ޝިއުނާ އާދަމް
4 އަހަރު ކުރިން
ކޮންމެ ދުވަހަކު ބަނޑުފުރާނަ މުއްތިކުރުމަށް މަސް ހިފަން ނުގޮސްވާނެ ފަސޭހަގޮތެއް އޮތްތޯ މާކަނާކަލޯއަށް ވިސްނިއެވެ. ވަރަށް ބޮޑަށް ވިސްނުމަށްފަހު މަހަށްދާ ކެޔޮޅަކާ އެއްބަސްވުމެއް ހެދިއެވެ. އެ އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު ކެޔޮޅުބޭ މާކަނާކަލޯއަށް މަހެއް ގެނެސްދެއެވެ. އޭގެ ބަދަލުގައި ކެޔޮޅުބެއަށް މާކަނާކަލޯގެ ގައިން ލުހެފައި ފަތެއް ދެއެވެ. ކެޔޮޅުބޭ މާކަނާދޭ ފަތުން މަސް ބާނާ ވަދު ހަދައެވެ. މާކަނާކަލޯ ގޭގައި އެއްވެސް ކަމެއް ނުކޮށް އިނދެގެން މަސްކަމުންދެއެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހ...
ޢަބްދުﷲ ސަޢީދު
4 އަހަރު ކުރިން
ފަރުޟު ނަމާދެއް ނުވަތަ ތަރާވީޙް ނަމާދު ނުވަތަ ދަމު ނަމާދު ނުވަތަ އެހެން ސުންނަތް ނަމާދެއް ކުރި ކަމުގައިވީނަމަވެސް ނަމާދުގައި ޚުޝޫޢަތްތެރި ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމާދު ކުރާއިރު އެހާ ކަމާނުވެ ހުރެ ބިންމަތީގައި ނިތްކުރި ތަޅާލާފައި ދާހެން ނަމާދު ކޮށްގެން ދިއުމަކީ މިހާރު އާންމު ވެފައިވާ ކަމެކެވެ. މާނައަކީ ގިނަފަހަރަށް ނަމާދު ކުރާއިރު ޙަޤީޤަތުގައި މިކުރެވެނީ ކޮންކަމެއްކަމެއް ޚިޔާލަކަށް ނުގެނެވެއެވެ. ބައެއްފަހަރަށް ނަމާދުގައި ހުރެ، ފިހާރައިގެ ހިސާބުކިތާބު ހަދާލާއިރު، އުސްތާޛު ހަދަން ދެއްވާފަ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
4 އަހަރު ކުރިން
ހަވާދު ހެދުމަށް ބޭނުން ވާ ތަކެތި 1 ކިބަ ކާށި (މެދު ސައިޒު) (އުކުރާފަ ފިހެފައި) 1 ބޮޑު ފިޔާ 4 ލޮނުމެދު 1/2 ގިތެޔޮ މިރުހެއް 1 އިންޗި އިނގުރު 5 ވަރަކަށް ހިކަނދި ފަތް 1 ސަމްސާ ދިރި 1 ސަމްސާ އަސޭމިރުސް 1 ސައި ސަމްސާ ދަވިއްގަނދު 1 ސައި ސަމްސާ ކޮތަންބިރި 1 އިންޗި ފޮނިތޮށި 2 ކާފުރުތޮޅި 2 ކަރަންފޫ ކުޑަ ރީންދޫ ކޮޅެއް 2 ސަމްސާ ހަނާކުރި ހަވާދު […]
ޝިއުނާ އާދަމް
4 އަހަރު ކުރިން
ދިވެހިރާއްޖޭގައި 29 ޑިސެންބަރު 1962 ގައި ފެށުނު ރޭޑިއޯގެ ޚިދުމަތުގެ ތާރީޚުގައި އޮތް އެންމެ ކަޅު ޞަފުޙާއަކީ 1960 ގެ އަހަރުތަކުގައި ކްރިސްޓިއަންދީނަށް ގޮވާލައި ފޮނުވި ރޭޑިއޯ ޕްރޮގްރާމެކެވެ. ސައްތައިންސައްތަ އިސްލާމީ މި ޤައުމުގެ ދައުލަތުގެ ރޭޑިއޯ ސްޓޭޝަނުން އެކަން ކުރީ އަގަށެވެ. މަދު ބޭރު ފައިސާ (ޑޮލަރު) ކޮޅެއް ލިބޭތީއެވެ. އިނގިރޭސި ބަހުން ފޮނުވި އެ ރޭޑިއޯ ޕްރޮގްރާމުގެ ނަމަކީ “ދަ ވޯލްޑް ޓްމޯރޯ” (The World Tomorrow) އެވެ. މި ޕްރޮގްރާމް ހުށަހެޅީ ހާބާޓް […]
ޢަބްދުﷲ ސަޢީދު
4 އަހަރު ކުރިން
އެއް ސަހަރެއްގައި އުޅުނު ވަރަށް ރަހުމަތްތެރި ދެ ބޮކެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު އެ ސޮރުމެން ދިރިއުޅެމުން އައި ތެތްފިނި ހިސާބަށް ވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. އެ ސަރަޙައްދުން ބޮޑު ބައެއް ހަނަފަސްވެ ފެންގަނޑުތައް ހިނދިއްޖެއެވެ. ކާނާ ހޯދުމާއި ބޯނޭ ފެން ހޯދުމަށް ދަތިވާން ފެށިއެވެ. އުޅެމުން އައި ހާއުފާވެރިކަމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެން ނޫޅެވޭނެކަން ޔަގީންވާން ފަށައިފިއެވެ. މޫސުމީ ޝިކާރައަކަށްވެ ނެތި ފަނާވެދިއުމުގެ ކުރިން އެހެން ގޮތެއް ހޯދަން ދެ ބޮއް މަޝްވަރާ ކުރިއެވެ. […]
ޢަބްދުﷲ ސަޢީދު
4 އަހަރު ކުރިން
ރަމަޟާން މަހަކީ ބަރަކާތްތެރިވެގެންވާ މަހެކެވެ. އެމީހަކާ ރަމަޟާން މަސް ބައްދަލު ވެއްޖެ މީހާ އަކީ ކޮންފަދަ ބޮޑު ބާއްޖަވެރިއެއް ހެއްޔެވެ. އަދި އޭނާގެ ބާއްޖަވެރިކަން އިތުރުވެގެން ދާނީ މިބަރަކާތްތެރި މަސް، ބަރަކާތްތެރިވެގެންވާ މައްކާގެ ބިމުގައި ހޭދަކުރެވިއްޖެ ނަމައެވެ. އެހެންކަމުން މިމަހުގެ ދުވަސްތައް މައްކާއަދި މަދީނާގެ މިމާތް ދެ ބިމުގައި ހޭދަކުރުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިންވެސް އެތައްބަޔަކު ރަމަޟާން މަހުގައި ޢުމްރާގެ އަޅުކަމަށް ގޮސްއުޅެއެވެ. ކޮންމެއަކަށް ރަމަޟާން މަހާއި މާތްވެގެންވާ ޙަރަމުގެ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
4 އަހަރު ކުރިން
ޗޮކްލެޓް ފަޖް އަކީ ގާތްގަނޑަކަށް 15 ވަރަކަށް މިނިޓުން ތައްޔާރު ކޮށްލެވޭ ފޮނި މީރު އެއްޗެކެވެ. ދިވެހިންގެ ތެރޭގައި މަގުބޫލު އަދި ރޯދަމަހު ވަރަށް ގިނައިން ސުފުރާމަތިން ފެންނަ ގިނަބަޔެއްގެ ފެވަރިޓެކެވެ. ބޭނުންވާ ތަކެތި 1/2 ޕެކެޓް މާރީ ބިސްކޯދު 200 ގުރާމް ކަނަމަދު (ކޮށާފަ) 1 ދަޅު ގެރިކިރު 1/2 މަތިގަނޑު ވެނީލާ އެސެންސު 2 ސަމްސާ ބަޓަރު 1/2 ޕެކެޓް ކޮކޯ ޕައުޑަރ 1 މެދު ސައިޒު ޗޮކުލެޓް ތައްޔާރުކުރާނެ ގޮތް ބިސްކޯދުތައް ފުނޑުވާށެވެ. ފުނޑުވާނީ […]
ޝިއުނާ އާދަމް
4 އަހަރު ކުރިން
މަނަދޫ ބޮޑު ބައްތެލީގައި މަނަދޫން މާލެއަށް ކުރި ދަތުރެކެވެ. މޫސުން ގޯހެވެ. ކަނޑު ގައެވެ. އެހެންވީމާ ކަންނޭނގެއެވެ. ކައްކާނެ ހަމަ އެކަކު ވެސް ނުވިއެވެ. އެކަކު އަނެކަކަށް ފާކޮށްކޮށް ތިބީއެވެ. މެންދުރުން އަބުރާ ދިޔައިރު ވެސް ކައްކަން އުޅޭނެ މީހަކު ނުވިއެވެ. އޭރު ޢީސަބޭގެ އާދަމްބެ އިނީ ކުނބުކަފި ބުޑުގައި އިށީންދެގެން ކަފީގައި ލައްގަނެލައިގެންނެވެ. ކައްކަން އުޅޭނެ އެއްވެސް މީހަކު ނުވުމުން އާދަމްބެ ބުންޏެވެ. “އަހަރެންނަށް ކައްކަން ކެރިދާނެއެވެ. ކެއްކުމަކީ އަހަރެންނަށް ބޮޑު ކަމެއް ނޫނެވެ.” އެހެން […]
ޢަބްދުﷲ ސަޢީދު
4 އަހަރު ކުރިން
މިއީ ގޮތް ނޭނގޭ ބަލިމަޑުކަމެއް ތަހަންމަލް ކުރަމުން އަންނަ އުމުރުން އެންމެ ވިހި އަހަރުގެ ހަނާ އުމަރާއި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ހަނާގެ މަންމަ ހުސްނާ މުހައްމަދުގެ ވާހަކައެވެ. މިއީ ހދ. ކުޅުދުއްފުށި ސިޓީގެ އާއިލާއެކެވެ. ހަނާއަކީ އޭނާގެ އުމުރުން އެގާރަ އަހަރާ ހިސާބަށް ފޯރި އިރުވެސް ސިއްހީ ސީރިއަސް މައްސަލައެއް ފާހަގަ ކުރެވިފައިވާ ކުއްޖެއް ނޫނެވެ. ނަމަވެސް އުމުރުން އެގާރަ އަހަރުގައި ނޭފަތުން ކުޑަކޮށް ލޭއައުމުގެ މައްސަލައެއް ފާހަގަ ކުރެވުމުން ޑޮކްޓަރަށް ދައްކައި ފަރުވާ […]
އިބްރާހިމް ޚަލީލް
4 އަހަރު ކުރިން
ދުވަސްގަނޑެއް ފަހެވެ. ފަސްމާމުލުންގެ ފަސްވަގުގެ ނޭފަތް ކެނޑިތަންތަން ފަސޭހަވެ، ކުރަމަގާލި ވެސް ނެއްޓިއްޖެއެވެ. މިފަހަރު ކަޅުކުރުބެއަށް ވަރުގަދަ ލަނޑެއް ދޭންވާނެޔޭ ކިޔާ ސައްލާކޮށްފައި ކަޅުކުރުބެ ހޯދަން ފަސްމާމުލުންގެ ފަސްވަގު ދިޔައެވެ. އެސޮރުމެން އެ ގޭދޮށަށް ދިޔައިރު ކަޅުކުރުބެ އުޅެނީ ވަރަށް އަވަދި ނެތިއެވެ. އެސޮރުމެން އަހައިފިއެވެ. ކަޅުކުރުބޭ ކޮން ވަޑާމެއް ހެއްޔެވެ. ކަޅުކުރުބެ ބުންޏެވެ. މިއުޅެނީ މަގޭ އަނބި ދޮންމަރިޔަނބު މަށަށް ނުބައިވެގެންނެވެ. އަބަދު އޮތީ ޝަކުވާކުރުމާއި ޒުވާބު ކުރުމެވެ. އެހެންވ...
ޢަބްދުﷲ ސަޢީދު
4 އަހަރު ކުރިން
ކުކުޅެއް ރޯސް ކުރުމަކީ އެކަމަށް ހޭދަ ކުރަންޖެހޭ ވަގުތު ގިނަވެފައި ބުރަ މަސައްކަތެކެވެ. ނަމަވެސް މި ރެސިޕީ އަކީ ވަރަށް ފަސޭހަ ރެސިޕީއެކެވެ. ކުކުޅު ރޯސްކުރަން ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ކުކުޅު ދޮވެފައި ރަނގަޅަށް ފެން ހިއްކައިލާށެވެ. ކުކުޅުގެ ހަން ވަރަށް ރަނގަޅަށް ހިއްކަންވާނެއެވެ. ސީޒަންކުރުމަށް ބޭނުންކުރާ ބާވަތްތައް ހަރުލާފައި ހުންނާނީ ވެސް އޭރުންނެވެ. ބޭނުންވާ ތަކެތި 1400 ގުރާމް ކުކުޅެއް 100 ގުރާމް ލޮނުމެދު 5 ސައިސަމްސާ ބަޓަރު 1 ސައިސަމްސާ މުގުރި އަސޭމިރުސް 1 […]
ޝިއުނާ އާދަމް
4 އަހަރު ކުރިން
އެއްސަހަރެއްގައި އުޅުނު މުސްކުޅި ދައިތައެކެވެ. އެ ދައިތަ މަސައްކަތްކުރަނީ ރަސްގެފާނުގެ ގަނޑުވަރުގައެވެ. އެ ދުވަސްވަރު ސަހަރުގައި އޮތީ މިނިކާވަގެއްގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައެވެ. ކުޑަ ކުދިން ތިބޭ ގޭގެ ބަލައިގެން އެކި ގޮތްގޮތުން ދިމާކޮށް އެ ކުދިންނަށް ދަނީ ހަމަލާ ދެމުންނެވެ. އަތުޖެހިއްޖެ ނަމަ ގެންދަނީ ކަމުނެވެ. މިނިކާވަގުންގެ އުނދަގޫ ބޮޑުކަމުން މުސްކުޅި ދައިތަ އޭނާ ކުޑަ ދަރިފުޅު ގެންގުޅެނީ ވަރަށް ބޮޑަށް ފޮރުވައިގެންނެވެ. ކޮންމެ ދުވަހަކު ގަނޑުވަރަށް މަސައްކަތު ދަނީ އެ ދަރިފުޅު ގެއަށްލައި އެތެ...
ޢަބްދުﷲ ސަޢީދު
4 އަހަރު ކުރިން
އަހަރެމެންގެ ނަބިއްޔާގެ އަރިހުން އަނަސް ރަޟިޔަﷲޢަންހު ރިވާކުރައްވާފައިވާ ޙަދިޘްފުޅެއްގައިވެއެވެ. ((كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّىَ فَإِنْ لَمْ تَكُنْ رُطَبَاتٌ فَعَلَى تَمَرَاتٍ فَإِنْ لَمْ تَكُنْ حَسَا حَسَوَاتٍ مِنْ مَاءٍ )) رواه أبو داود و قال العلامة الألباني حسن صحيح و انظر صحيح سنن أبي داود 2/449. މާނައީ: ”(މަޣްރިބު) ނަމާދުގެ ކުރިން ރަސޫލުﷲ […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
4 އަހަރު ކުރިން