ކުރީގެ އަދަދާއިގުޅޭ، ” ދެން އެގޮތަށް އަންނަ މީހުންނަށް އިޙްތިރާމް ކުރަންޖެހޭނެއެއްނު.. އޭނަ އެއައީ އަހަރެމެންގެ ޚިދުމަތުގައި.. ދެން އަނގައިން ނުބުނީމަ އޭނަވެސް ބުނާނެދޯ އަހަރެމެން ހާދަ ފޮންޏޭ! އަސްލު ބުނެބަލަ އަސަރު ކުރީތަ އަހަރެން އެހެން މީހަކާ އަނގައިން ބުނީމ،ަ” ހާރޫން ލާނެތް ގޮތަކަށް އެހެން ބުނުމަށްފަހު އަނެއްކާވެސް ތެދުވެގެން ޔަޝްމީއާ ދިމާލަށް ދިޔައެވެ. ” ދެން އެވާހަކަ ބާއްވާ! ހިނގާބަލަ އެއްޗެއް ކާލަންދާން..އަހަރެން ވަރަށް ބަނޑުހައި” ހާރޫން މަސައްކަތް ކުރަމުން ދިޔައީ ޔަޝްމީއަށް އުފާކޮށްދިނުމ...
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ، ” ދެން ތިދައްކަނީ ކޮންކަހަލަ ވާހަކަތަކެއްތަ؟ އަހަރެމެން ދެމީހުންގެ ދެމެދަށް ތިންވަނަ މީހަކު ވައްދަން ނޫޅެއްޗޭ! އެވިސްނުން ވިސްނާހެން އަހަންނަށް އެބަ ހީވޭ! ވަރަށް ސާފުކޮށް މި ބުނަނީ… ތިއީ ބޭކާރު ޚިޔާލެއް! އަހަރެން ބޭނުންވަނީ ޔަޝްމީ! ހަމައެކަނި ޔަޝްމީ! އަހަންނަށް އެވަރުން ހުރިހާ އުފަލެއް ލިބުނީ ކަމުގައި ބަލާ! ދެން އަހަރެންގާތު ތިކަމާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަން މަސައްކަތް ނުކުރައްޗޭ!” ހާރޫން ތަންކޮޅެއް ބާރަށް އެހެން ބުނެލުމަށްފަހު ޔަޝްމީގެ އަތުގައި ފިރުމާލިއެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ، ” ނޫން! ބުނޭ! އަހަންނަށް ކިހިނެއްވީ؟ ކޮންކަމެއް މަށަށް ސިއްރުކުރަނީ؟” ޔަޝްމީ ހާރޫންގެ މޭގައި އަތްޖަހާ، ދުރަށް ޖައްސާލަމުން ތަންކޮޅެއް ބާރަށް އެހިއެވެ. އެއާއިއެކު ހާރޫން މަޑުމަޑުން އައިސް ޔަޝްމީގެ ދެކޮނޑުގައި ހިފައި އެދެލޮލަށް ބަލައިލީ ވަރަށް ފުން ނަޒަރަކުންނެވެ. ހާރޫން ޔަޝްމީގެ ދެކޮނޑަށް ބާރުބާރަށް ފިތާލަމުން ވާހަކަ ދައްކަން ފެށިއެވެ. ” ޔަޝްމީއަކަށް އެއްވެސް ކަމެއް ނުވެޔޭ! ޤަބޫލުކޮށްބަލަ! ލޭގެ ކޮންމެވެސް ޓެސްޓެއް ހަދަންދީފައިވީ! އޭގެ ނަތީޖާގެ ވާހަކަ މިދެއްކީ! ނަތީޖާ ލިބޭ […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީދުވަހުގެ އަދަދާއިގުޅޭ، ޑޮކްޓަރ ނަޞޭޙަތް ދެއްވުމުންވެސް ހާރޫންއަށް ޤަބޫލެއް ނުކުރެވުނެވެ. ” ޕްލީޒް.. އަޅުގަނޑުގެ އަންހެނުންނަށް ފަރުވާ ކުރަން މިހާރުން މިހާރަށް ފުރަން ބޭނުން.. އަޅުގަނޑު އަމިއްލަ ގޮތުން ޑޮކްޓަރުންނާ ނަރުހުންވެސް ހޯދާނަން.. ” ހާރޫން އެހެން ބުނި އިރު އޭނާއަށް ރޮވިއްޖެއެވެ. *** ” އަހަރެން ބޭނުން މާލެ ދާން! އެމަންޖެ އެހާ ބަލި އިރު އަހަރެން ބޭނުން ކައިރީގައި ހުންނަން” ރޮވިފައި ހުރެ ފާއިޒާ އެހެން ބުނުމުން ޝާކިރު ދެފަރާތަށް ބޯ ހޫރާލިއެވެ. އޭރު […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ، ” ނޫނޭ އަދި މާ އަވަސް.. މަހެއް ވީމަ ދައްކާނީ! ގޭގައިވެސް ޓެސްޓް ކޮށްލެވޭނެއެއްނު.. މިރޭ މާލެގޮސްވާނެދޯ ޓެސްޓްކޮށްލަން” ޔަޝްމީ އުފަލުން ހުރެ ބުންޏެވެ. *** ޖެހިގެން އައި ދުވަހެވެ. ލޯންޗް ޖެޓީއާ ކައިރިކޮށްލުމާއެކު ޖާވިދް އަވަސް އަވަހަށް ޖެޓީއަށް ފުންމާލިއެވެ. އޭރު ބަލި ގޮތަކަށް އައިސް ޝަހާނާވެސް ހުރީ ފައިބަން ތައްޔާރުވެގެންނެވެ. އޭނާއާ ނުހަނު ގާތުގައި މަންމަ ވަދީފާވެސް ހުއްޓެވެ. އެހެންކަމުން އެހީތެރިވެނުދީ މޫނު އަނބުރާ، ދާކަށް ޖާވިދަކަށް ނުކެރުނެވެ. އޭނާ ޝަހާނާއާ […]
ސަލާމާ ޢަބްދުލް ޢަލީމް
ދުނިޔެވީ ނަޒަރަކުން ބަލާއިރު ވެސް ކޮންމެކޮންމެ ސަގާފަތަކީ ދިރުވާން ޖެހޭ އެއްޗެއް ނޫނެވެ. ސަގާފަތެއް ބަޔަކު މީހުންގެ ތެރެއިން އިންދިރާސްވެ ނެތޭނީ، ތަފާތު ސަބަބުތަކާ ހުރެއެވެ. މި ސަބަބުތަކުގެ ތެރޭގައި، އެ ސަގާފަތަކަށް ޢަމަލުކުރާން ޖެހޭ ބޭނުން ނެތި ދިއުމާއި، އެ ސަގާފަތެއް އެހެން ސަގާފަތަކަށް ބަދަލުވެ ދިއުމާއި، އެ ސަގާފަތަކީ ރަނގަޅު ސަގާފަތެއް ނޫންކަމުގައި ދެކިގެން އެ މުޖުތަމަޢަކުން އެ ސަގާފަތެއް ދޫކޮށްލުން ހިމެނެއެވެ. މީގެ އިތުރުން ވެސް ސަގާފަތްތައް ނެތި އިންދިރާސްވާ ވަރަށް ގިނަ […]
ޝެއިޚް ޝަފީއު އަބްދުﷲ
އެޑްވަރޓޯރިއަލް: މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައާރަފްކުރަން ތައްޔާރުވެފައިވާ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ޚިދުމަތާއެކު ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމުގެ ނިޒާމުގެ މަލަމަތި އެއްކޮށް ބަދަލުކޮށްލާނެއެވެ. އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވުމުގައި ދިމާވަމުންދިޔަ ތުރާތަކަށް ނިމުމެއް އަންނާނެއެވެ. މިތަނުގައި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ ފޭސް ނިމި ޚިދުމަތް ފަށާއިރު ލިބޭނެ ޚިދުމަތްތަކަށް ކުރުގޮތަކަށް ބަލާލާނަމެވެ. ވަގުތުން ފައިސާ ފޮނުވޭ ޚިދުމަތް...
އިބްރާހިމް އަސްވާޤް
ކުރީގެ އަދަދާއިގުޅޭ، ” ޕްރޮސީޖަރއަށްފަހު އެއްދުވަސް ފަހުން ދޫކޮށްލެވޭނީ… މިވަގުތު ޝަހާނާއަށް އަޅާލުމާއި ލޯބި ވަރަށް މުޙިއްމުވާނެ.. ނަފްސާނީގޮތުން ދެމީހުންވެސް ވަރަށް ބަލިކަށިވާނެކަން އެނގޭ..” ހިތްހެޔޮކަމާއެކު ޑޮކްޓަރ ވާހަކަ ދައްކާ ނިންމާލުމާއެކު ނަރުސްކުއްޖާ ޖާވިދު ގާތު އޭނާއާއެކު ދިޔުމަށް އެދުނެވެ. އޭރު ޖާވިދްގެ ގައިންވަނީ ހަކަތަ ހުސްވެފައެވެ. *** މާލެ އައިގޮތަށް އެންމެ ފުރަތަމަވެސް ހާރޫން ، ޔަޝްމީ ގޮވައިގެން ދިޔައީ އޭނާގެ ބައްޕަގެ ގާތަށެވެ. ބައްޕަ ދެކިލުމަށްފަހު އެނބުރި ގެއަށް އައީ ވެފަައިވާ ވ...
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ، ” އަހަރެން ކިޔަވައިގެން ވަޒީފާއަށް ދާންވީތަ؟” ޔަޝްމީގެ ސުވާލުން ހާރޫން އިސްޖަހާލިއެވެ. އެވަގުތު ލިފްޓްގެ ދޮރުވެސް ހުޅުވިއްޖެއެވެ. އެހެންކަމުން ޔަޝްމީގެ ސުވާލަށް ޖަވާބެއް ނުދީ ހާރޫން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ފަހަތުން ޔަޝްމީވެސް ދިޔައީ އަވަސް ފިޔަވަޅު ތަކެއްގައެވެ. ” ވަރަށް ވަރުބަލިދޯ” ސޯފާގޮނޑިމަތީގައި ކޮތަޅުތައް ބަހައްޓަމުން ހާރޫން ވާހަކަ ދެއްކީ ވަރުބަލިކަމާއެކުއެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި ޔަޝްމީ ބޭނުންވީ މީގެ ކުޑަ އިރުކޮޅެއް ކުރިން ހާރޫން...
ސަލާމާ ޢަބްދުލް ޢަލީމް
އަޅުގަނޑު ކުޑައިރު ރޭޑިއޯއިން ފޮނުވި ދީނީ ވަރަށް ގިނަ ޕްރޮގްރާމްތަކެއްގައި އެންމެ ގިނައިން އިވެމުންދިޔަ އެއް އަޑަކީ ށ. މަރޮށްޓަށް އުފަން މ. ރިހާބު ފަޟީލަތުއްޝައިޚު ޢުޘްމާނު ޢަބްދުﷲ ޢުމްރީގެ އަޑެވެ. “ފަރުޟު ޒަކާތް” ފަދަ ޕްރޮގްރާމްތަކަކީ އުޘްމާން ޢަބްދުﷲއަށްޚާއްޞަ ޕްރޮގްރާމެކޭ އޭރު އަޅުގަނޑަށް ހީވެފައި އޮތެވެ. އެ ސިލްސިލާ ޕްރޮގްރާމްގައި ޢުޘްމާން ޢަބްދުﷲގެ މަޑުމައިތިރި އަޑުން ދެއްވި ހެޔޮ ނަސޭހަތްތައް ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ. ރޭޑިއޯގެ އިތުރުން ޓީވީ މޯލްޑިވްސްއިން ފޮނުއްވި ދީނީ ގިނަ […]
ޢަބްދުﷲ ސަޢީދު
ކުރީގެ އަދަދާއިގުޅޭ، ހިތަށް ވެރިވެފައިވާ ބިރުވެރިކަމާއިއެކު ބާރުބާރަށް ގޮސް ދޮރު ހުޅުވާލުމާއެކު ޔަޝްމީއަށް ފެނުނު މަންޒަރުން ދެކަންފަތުގައި އަތް އަޅައި ބާރަށް ހަޅޭއްލަވައި ގަނެވުނީ ރޮއިގަންނަމުންނެވެ. ” ޔަޝްމީ! އޭ! ޔަޝް…މީ ކިހިނެއްވީތަ ލޯބި؟” ޔަޝްމީގެ ގައިގައި ބާރަށް ހާރޫން ބައްދައިގަތެވެ. އަދި މަޑުމަޑުން ޔަޝްމީގެ ބޮލުގައި ފިރުމަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ” ކިހިނެއްވީތަ؟ ހުވަފެނެއް ފެނުނީތަ؟” އޭރުވެސް ޔަޝްމީ ކޮންމެވެސް ވަރަކަށް ގިސްލާކަން ހާރޫންއަށް އެނގުނެވެ. އެހެންކަމުން އޭނާ...
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ، ” ގަނެގެން މިއައީ.. ކާކު އަހަރެމެންނަށް އެއްޗެއް ދޭނީ؟” ބާރުބާރަށް އެހެން ބުނުމަށްފަހު ވަދީފާ އަނެއްކާވެސް ބޭރަށް ނިކުތެވެ. މަންމަގެ އަސަރުގަދަ ޖުމްލައިން ޝަހާނާއަށް އިސްޖަހާލެވުނެވެ. އިންތިހާއަށް އޭނާ ދެރަވިއެވެ. ރަށުމީހުން އެމީހުން ބާކީކޮށްލިކަން އަމިއްލައަށްވެސް އޭނާއަށް އިޙްސާސްކުރެވުނެވެ. *** ފެންވަރައިގެން ހާރޫން ނިކުތް އިރު ލޯގަނޑު ކުރިމަތީގައި ޔަޝްމީ ހުރީ ރީތިވާށެވެ. ޔަޝްމީ ފެނުމާއިއެކު ހާރޫންގެ ޝައުޤުވެރިކަން އެދިމާލަށް ދަމައިގަތެވެ. ހުދުކުލައިގެ ކުރު ސޯޓަކާއި ކުރުތ...
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ، ” ދެން ހާރޫން.. އަހަންނަށް މަލާމަތްކުރަނީދޯ” މޫނު ހަދާލަމުން ޔަޝްމީ ބުންޏެވެ. އެއާއިއެކު ހާރޫން ޔަޝްމީގެ ގައިގައި ހިފައި އޭނާއާ ގާތްކޮށްލަމުން ބޯ ހޫރާލިއެވެ. އެވަގުތު ދާދި ގާތުން މީހަކު ކަރުކެހިލުމުން ހާރޫންގެ އިތުރުން ޔަޝްމީއަށްވެސް ބަލައިލެވުނީ އެކުއެކީގައެވެ. އެއާއިއެކު އަވަސް އަވަހަށް ހާރޫން ކޮޅަށް ތެދުވީ ހެވިފައި ހުރެއެވެ. ” ނައީމް؟” ހާރޫން އަވަސް އަވަހަށް ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. އެއާއިއެކު ނައީމްވެސް ހެވިފައި ހުރެ ހާރޫންއާ ސަލާމްކޮށްލިއެވެ. އެވަގުތު ހާރޫން...
ސަލާމާ ޢަބްދުލް ޢަލީމް
އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއް ކަމާ މެދަކު އެއްވެސް މުސްލިމަކު ޝައްކެއް ނުކުރާނެއެވެ. އެހެނީ، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދީން ބާވައިލެއްވީ ޤިޔާމަތާ ޖެހެން ދެން އިންސާނާއަށް ހިދާޔަތާއި ތެދުމަގާއި ހެވާއި ނުބައި ވަކިކޮށްދެނިވި ޝަރީޢަތެއްގެ ގޮތުގައެވެ. އެހެން ނުވާން ވީ އެއްވެސް ސަބަބެއް ނެތެވެ. މާތް ﷲއީ އެންމެ އޯގާވަންތަ އެންމެ ރަޙްމާންވަންތަ އިލާހެވެ. އެ އިލާހީ އަޅުގަނޑުމެންގެ އަޅުކަމަކަށް މުޙުތާޖުވެ ވޮޑިގެންވާ އިލާހެއް ނޫނެވެ. އިސްލާމްދީން، ދީނެއްގެ ގޮތުގައި އެ އިލާހު ރުއްސަވައި، […]
ޝެއިޚް ޝަފީއު އަބްދުﷲ
ދިވެހިރާއްޖޭގެ ސިއްހީދާއިރާގެ މަސައްކަތްތެރީންގެ ހައްގުތަކަށް މަސައްކަތްކުރަމުން ދާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމް.އެޗް.ޕީ.ޔޫ) އިން، މިއަހަރުގެ ސެޕްޓެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ދިމާކޮށް ޑިމާންޑުތަކެއް ނެރެފިއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ޓެގުކޮށް “އެމް.އެޗް.ޕީ.ޔޫ.ގެ ޑިމާންޑުތައް- ރިޔާސީ އިންތިޚާބު 2023” ގެ ނަމުގައި 10 ޑިމާންޑެއް އެ ޔޫނިއަންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ޕޯސްޓްކޮށްފައިވާއިރު އެ ދާއިރާ ހަރުދަނާކުރުމަށާއި އ...
އިބްރާހިމް އަސްވާޤް