މައި ޚަބަރަށް ދިޔުމަށް

ކޮލަމް

1,330 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 32 ވަނަ ޞަފްޙާ

ސިލްސިލާ ވާހަކަ: ޝިކާޔަތު (64)

ސިލްސިލާ ވާހަކަ: ޝިކާޔަތު (64)

ކުރީގެ އަދަދާއިގުޅޭ، ހިތާހިތާ ޔަޝްމީ ކިޔަމުން ދިޔައެވެ. އަނެއްކާވެސް އޭނާގެ ދެލޮލުން ކަރުނަ ހިލެން ފެށިއެވެ. ނަމަވެސް ބޮލުގައި ރިއްސާވަރުން އިތުރަށް ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. ކެތްކުރެވޭތޯ އޭނާ ނުހަނު މަސައްކަތް ކުރިއެވެ. ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން ޔަޝްމީ މޫނު ފޮރުވާލީ ދެލޯ މަރާލަމުންނެވެ. ” އަހަރެން މި ދަތުރު ހުއްޓާނީ، ހާރޫން ހޯދާފައި” ޔަޝްމީއަށް ބުނެވުނެވެ. *** މެންދުރު ނަމާދުކޮށްގެން ޝާކިރު ގެއަށް އައި އިރު ފާއިޒާ އޮތީ އެނދުމަތީ އޮށޯވެލައިގެންނެވެ. ބޯމަތީގައި […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޝިކާޔަތު (63)

ސިލްސިލާ ވާހަކަ: ޝިކާޔަތު (63)

ކުރީގެ އަދަދާއިގުޅޭ، ލިފްޓް ދޮރު ހުޅުވުމާއެކު ޔަޝްމީއަށް ބުނެލެވުނެވެ. އޭރުވެސް އޭނާގެ ދެފައި ތުރުތުރުއަޅަން ފަށައިފިއެވެ. ހިތްވެސް މިހާރު އޮތީ ފާޑަކަށް ފިނިވެފައެވެ. ހިތްވަރުކޮށްފައި ދޮރުގައި ޓަކި ޖަހާލިއެވެ. ޚަބަރެއް ނުވުމުން ބެލްއަށް ފިތާލީ އަވަސް ވެފައިވާ ހިތަކައިގެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވައިފިއެވެ. އެއާއިއެކު ފުޅާ ހިނިތުންވުމެއްގައި ހުރި ޔަޝްމީގެ ދެތުންފަތް ލައްޕާލެވުނެވެ. އަދި ކުރިމަތީގައި ހުރި ނުދަންނަ އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުރެވުނީ ހައިރާންކަމާއެކުގައެވ...

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޝިކާޔަތު (62)

ސިލްސިލާ ވާހަކަ: ޝިކާޔަތު (62)

ކުރީގެ އަދަދާއިގުޅޭ،  އޭނާއަށް އެނގެއެވެ. ހާރޫން އަދިވެސް އޭނާއަށް އިންތިޒާރު ކުރާނެއެވެ. ޔަޝްމީ އަންނާނެކަމަށް އުއްމީދު ކުރާނެއެވެ. އަދި ޔަޝްމީއަށް މަޢާފްވެސް ކުރާނެއެވެ. ލޯބިވެތި ހިނިތުންވުމެއްގައި ހުރެ، ޔަޝްމީ ދެލޯ ހުޅުވާލީ އުއްމީދުން ފުރިގެންނެވެ. އޭރު އޭނާގެ ހިތްވަނީ ހާރޫންއާ ދިމާލަށް ދަތުރު ކުރަން ފަށާފައެވެ. އުފަލުން ފޮޅެމުންނެވެ. އެހިނދު ރަކި ގޮަތަކަށް ޔަޝްމީއަށް ހީލެވުނީ ހާރޫންގާތަށް ދާން ބޭނުންވި ވަރުންނެވެ. އެއާއިއެކު ކުރިމަތިން ފެންނަން ހުރި ބޮޑު އިރުވެސް ނިވާވަމުންގޮސް ގެއްލުނީ، ޔަޝ...

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޝިކާޔަތު (61)

ސިލްސިލާ ވާހަކަ: ޝިކާޔަތު (61)

ކުރީގެ އަދަދާއިގުޅޭ، ” އެކަމަކު ދަރިފުޅު އުޅެންވާނީ މިގޭގަ! މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިޔަކީ ތިއީކަން އެނގެއެއްނު.. އެހެންވީމަ ދަރިފުޅުމެން އުޅެންވާނީ މިގޭގައި! ބައްޕަވެސް ހިއެއްނުވެ އެހެންތަނަކަށް ފޮނުވާނެހެންނެއް!” ޒުނޭރާގެ ޖުމްލައިން ޒޫނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ޖާވިދް ދެކެމުންދާ ހުވަފެންތައް އެނގޭ ހިނދު، މަންމަމެންގެ ނިންމުމުން އޭނާގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. ނަމަވެސް ޖާވިދް ބޭނުންވާ ގޮތް މަންމަގާތު ބުނާކަށްވެސް ޒޫނާއަކަށް ނުކެރުނެވެ. ” ބައްޕަ ޤަބޫލުތ...

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޝިކާޔަތު (60)

ސިލްސިލާ ވާހަކަ: ޝިކާޔަތު (60)

ކުރީގެ އަދަދާއިގުޅޭ، ” ނާދެޔޭ! ސައި ހަދައިގެން އިނދެ އިނދެ މަންމަ ރުޅިގަދަވާތީ މިއައީ ބަލައި އެންމެ ފަހުން.. ކޮންތާކަށް އެ ދިޔައީ؟” ތައުފީޤް ވިސްނާލަމުން ބުންޏެވެ. އެއާއިއެކު ބާރުބާރަށް ވަދީފާ ގޮވާ އަޑު އިވި، ތައުފީޤާއި ޝަހާނާ ނިކުތެވެ. އޭރު ފުލުހުންގެ ޓީމެއް އެގޭދޮށުގައި ތިއްބެވެ. އެމީހުން ފެނި ތައުފީޤްގެ އިތުރުން ޝަހާނާގެ ހިތުގައިވެސް ހައިރާންކަން އުފެދިގެން ދިޔައެވެ. ” ޝަރީފް ކިޔާ މީހަކު މިގެއަށް އައި ޚަބަރު ލިބިގެން މިއައީ! ” ފުލުހަކު ކުރިއަށް […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޝިކާޔަތު (59)

ސިލްސިލާ ވާހަކަ: ޝިކާޔަތު (59)

ކުރީގެ އަދަދާއިގުޅޭ، ނިދީގެ ތެރެއިން ޔަޝްމީއަށް ދެލޯ ހުޅުވާލެވުނެވެ. އެއާއިއެކު ކުރިމަތީގައި ހުރި ސޯފާގައި އިން ހާރޫން އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ އިނީ ދެއަތް ޖޯޑުކޮށް، ދަތްދޮޅީގައި އަތް ވިއްދާލައިގެންނެވެ. ނަޒަރު ހުއްޓިފައިވަނީ ސީދާ ޔަޝްމީގެ މޫނަށެވެ. ޔަޝްމީވެސް އިރުކޮޅަކު ހާރޫންއަށް ބަލަހައްޓައިގެން އޮވެ، ތެދުވިއެވެ. އަދި އެނދުގައި އިށީނދެލުމަށްފަހު ފޯނުން ގަޑި ބަލައިލިއެވެ. އޭރު ގަޑިން ފަތިހު ފަހެއް ޖަހާ ބޮޑުވެއްޖެއެވެ. ” ނުނިދުނީތަ؟ ” ޔަޝްމީ އަހާލީ މަޑުމަޑުންނެވެ. ސޯފާގައި އިން ހާރޫން...

ސަލާމާ ޢަބްދުލް ޢަލީމް
ދިވެހީންގެ އެއްބައިވަންތަކަން ގުޅިފައި ވަނީ ދިވެހީންގެ ދީނީ އެއްބައިވަންތަކަމާއެވެ!

ދިވެހީންގެ އެއްބައިވަންތަކަން ގުޅިފައި ވަނީ ދިވެހީންގެ ދީނީ އެއްބައިވަންތަކަމާއެވެ!

ދިވެހީން މިހާތަނަށް ދެކެމުން އައީ މާތް ﷲގެ ރަޙްމަތުން އެންމެ އަމާންއޮމާން ދިރިއުޅުމެވެ. މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަމަކީ ދިވެހީންގެ އެންމެ ޚާއްޞަ އެއް ސިފަ ކަމުގައި އައީ ބެލެވެމުންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ދަތުރުވެރީންނާއި ފަތުރުވެރީން، ދިވެހި މުޖުތަމަޢުގެ އަމާންއޮމާންކަމާއި ޞުލްޙަމަސަލަސްކަމާއި، ދިވެހިންގެ އޯގާތެރިކަމާއި މަޑުމައިތިރިކަން އައީ އަބަދުވެސް ފާހަގަކުރަމުންނެވެ. މި ހުރިހާ ކަމެއް ދިވެހީންނަށް ހާސިލުވެފައި ވީ، ދިވެހީންގެ ދީނީ އެއްބައިވަންތަކަމުގެ ސަބަބުންކަމުގައި ދެންނެވުމަކީ ދޮގަ...

ޝެއިޚް ޝަފީއު އަބްދުﷲ
ސިޔާސީ ބޮޑު ނިންމުމަށް، ރައްޔިތުންގެ ފަހުބަސް

ސިޔާސީ ބޮޑު ނިންމުމަށް، ރައްޔިތުންގެ ފަހުބަސް

ދިވެހި ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބުގެ ވޯޓްލުން މާދަމާ އޮންނާނެއެވެ. ޖުމްލަ 8 ކެންޑިޑޭޓުން އިންތިހާބުގައި ވާދަ ކުރާއިރު، އެންމެ ބޮޑު ދެ ސިޔާސީ ޕާޓީގެ ވާދަވެރިކަން ވަކިން ބޮޑެވެ. އިންތިހާބުގެ ޔަގީންކަން ހުރިހާ ކެންޑިޑޭޓުންނަށް ވެސް އެބަ އޮތެވެ. އެހެންކަމުން އެއްބުރުން އިންތިހާބު ކަށަވަރު ކުރުމަކީ ހުރިހާ ކެންޑިޑޭޓުން ވެސް އަމާޒެކެވެ. މިއަދު ހަވީރަކީ ރާއްޖޭގެ ހުރިހާ ސަރައްދަކަށް ސިޔާސީ ބޮޑު ހަވީރެކެވެ. ގިނަ ބަޔަކު ނުކުމެ […]

އިސްމާއިލް މޫސާ
ޑރ. މުޢިއްޒުގެ ތިލަދުންމަތީ ތަސައްވަރު!

ޑރ. މުޢިއްޒުގެ ތިލަދުންމަތީ ތަސައްވަރު!

ރިޔާސީ އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް ކެނޑިޑޭޓެއްގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު ކެމްޕޭން ފެށީ ތިލަދުންމަތިންނެވެ. ޑރ. މުޢިއްޒު އާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ތިލަދުންމައްޗަށް ވަޑައިގަތުމާއި އެކު ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. – ހއ. ވަށަފަރުގެ ދަރިއެއް، އެކަމަށް ވަރަށް ފަޚުރުވެރިވޭ ޑރ. މުޢިއްޒު އަކީ ތިލަދުންމަތީ ވަށަފަރު އަލްޙާއްޖަ ޙުސައިން ޚަތީބު ތަކުރުފާނުންގެ ފުތް ވަށަފަރު ތަކުރުފާނު ޢަބްދުއްރަހްމާންގެ ފުތް އައްޝައިޚް ޙުސައިން ޢަބްދުއްރަހްމާންގެ ފުތް ޑރ....

އަލީ އަހުސަން
ސިލްސިލާ ވާހަކަ: ޝިކާޔަތު (58)

ސިލްސިލާ ވާހަކަ: ޝިކާޔަތު (58)

ކުރީގެ އަދަދާއިގުޅޭ، ” އަހަރެން ޖާވިދް ބޭނުން.. ޖާވީދް” ޝަހާނާ އަނެއްކާވެސް ބުނެލިއެވެ. އަތް ދަމައިގަންނަން ނުކެރި، ޖާވިދަށް ހުރެވުނީއެވެ. ވަގުތަކީ ދޮރާށި ހުޅުވާ، ޒޫނާވެސް ބޭރަށް ނިކުތް ވަގުތެވެ. ޒޫނާ ފެނުމާއެކު ޖާވިދަށް ތެޅިގަނެފައި ޝަހާނާގެ އަތުގެ ތެރެއިން އަތް ދަމައިގަނެވުނެވެ. އެއާއިއެކު ޝަހާނާއަށްވެސް ބަލައިލެވުނީ ޒޫނާގެ މޫނަށެވެ. އެއަށްފަހު އޭނާ ޒޫނާއަށް ކުރިމަތިލުމަށްފަހު ރުޅިވެރިކަމާއެކު ވާހަކަ ދައްކަން ފެށިއެވެ. ” ކިހިނެއް ވެގެން ތިއުޅެނީ؟ ޒޫނާ ކިތަންމެ ވަރަކަށް ތިއްތި ދެއްކިޔަސް ޖާވިދް...

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޝިކާޔަތު (57)

ސިލްސިލާ ވާހަކަ: ޝިކާޔަތު (57)

ކުރީގެ އަދަދާއިގުޅޭ، ފައިގައި ޖެހުނު ގާބުރިއެއްވެސް، ބޯޅައެއްގައި ޖަހާ އުސޫލުން ބާރުބާރަށް ފައިން ޖަހާ ދުރަށް ހޫރާލީ ރުޅިވެރިކަމާއެކުއެވެ. ހިތަށް ޖަމާވަމުންދާ ޝަކުވާތައް ބޭރުކުރަން ބޭނުންވި ނަމަވެސް ދިރިއުޅުމުގެ ކަންތައްތައް މީހުންނާ  ހިއްސާކުރުމަކީ އޭނާ މާ ކުރާހިތްވާ ކަމެއް ނޫނެވެ. އެހެންކަމުން ޝަކުވާތައް ހިތުގައި ބޮނޑިކޮށްގެން ހުރެ އޭނާ ވެލިގަނޑުމަތީގައި އިށީނދެލީ ގެއަށް ދާން ބޭނުން ނުވެގެންނެވެ. *** އެނދުގައި ލެނގިލައިގެން މުށިތައްމަތީގައި ނިދިފައި އިން ޔަޝްމީއަށް ސިހިފައި ހޭލެވުނީ ކޮޓަރީގެ ދ...

ސަލާމާ ޢަބްދުލް ޢަލީމް
ޢަލްމާނިއްޔަތުގެ ނުރައްކަލުގެ ތެރޭގައި: އިސްލާމީ ޢާއިލީ ނިޒާމު އެއްކޮށް ފުނޑުފުނޑުކޮށްލުން!

ޢަލްމާނިއްޔަތުގެ ނުރައްކަލުގެ ތެރޭގައި: އިސްލާމީ ޢާއިލީ ނިޒާމު އެއްކޮށް ފުނޑުފުނޑުކޮށްލުން!

ޢަލްމާނީ ފިކުރަކީ އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުން ދީން އެއްކިބާކޮށް އެކަހެރި ކުރުމަށް ގޮވައިލާ ފިކުރެކެވެ. ޢަލްމާނީ ފިކުރުގެ ނުރައްކާތެރިކަން އެންމެ ބޮޑަށް އޮތް އެއް ދާއިރާއަކީ އިސްލާމީ ޢާއިލީ ނިޒާމުގެ ދާއިރާއަށް ކަމަށް ބުނެވިދާނެއެވެ. ޢަލްމާނީ ފިކުރަކީ މުޠުލަޤަށް ފަރުދީ މިނިވަންކަމަށް ބިނާވެފައިވާ ފިކުރެކެވެ. މި ފިކުރު ތަންފީޒު ކުރެވޭ މުޖުތަމަޢެއްގައި އިސްލާމީ ޢާއިލީ ނިޒާމެއް ނޯންނާނެއެވެ. އެހެނީ، ފަރުދީ މިނިވަންކަމަކީ ދީނީ ގޮތުން މުޠުލަޤަށް ދެވިފައިވާ މިނިވަންކަމެއް ނޫނެވެ. އިސްލާމީ ޢާ...

ޝެއިޚް ޝަފީއު އަބްދުﷲ
ސިލްސިލާ ވާހަކަ: ޝިކާޔަތު (56)

ސިލްސިލާ ވާހަކަ: ޝިކާޔަތު (56)

ކުރީގެ އަދާއިގުޅޭ، ހާރޫން އަވަސް އަވަހަށް ބުނެލީ ޔަޝްމީއަށް އަޑު އިވޭ ވަރަށެވެ. އަވަސް އަވަހަށް ކައުންޓަރަށް ފައިސާ ދެއްކުމަށްފަހު ހާރޫން ނިކުތް އިރު ޔަޝްމީ ފެންނާކަށް ނެތެވެ. މަގުގެ ދެކޮޅު ބަލައިލުމަށްފަހު ހާރޫން އަވަސް އަވަހަށް ފޯނު ނަގައި ޔަޝްމީއަށް ގުޅާލިއެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ ނިއްވާލާފައެވެ. ހާރޫން ކަންބޮޑުވީ އެހިސާބުންނެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދެއެވެ. ހާސް ހިތަކައިގެން ހާރޫން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ޔަޝްމީ ހޯދަން ދާނެ ތަނެއް […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޝިކާޔަތު (55)

ސިލްސިލާ ވާހަކަ: ޝިކާޔަތު (55)

ކުރީގެ އަދަދާއިގުޅޭ، ”  އަހަރެން ބޭނުން މި ދެމަފިރިންގެ ކިބައިން މަޢާފަށް އެދެން.. އެގޮތަށް އޮޅުވާލައިގެން އުޅުނީ މަޖުބޫރުވެގެން.. އަހަންނަކީ މިރަށު މީހެއް ނޫން. ވަންނާނެ ތަނެއް ނެތި ބިކަވެފައި މާލޭގައި އުޅެފައި މިރަށަށް އައީ ވަޒީފާއެއް ލިބޭތޯ! މިއީ ޑީޑީ އަހަންނަށް ދިން ވަޒީފާ! ނުކުޅެދޭ މީހަކަށް ވެގެން މީހުންގެ އަތުން ފައިސާވެސް ހޯދަން ޖެހޭ.. އޭނަ ބޭނުންވާ ވަރަށް ނުލިބެންޏާ އަހަންނަށް ވަރަށް އަނިޔާކުރޭ. ” އަސަރާއެކު އާމާލް ކިޔައިދިނެވެ. އާމާލްގެ ވާހަކަތަކުން ޔަޝްމީގެ […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ޝިކާޔަތު (54)

ސިލްސިލާ ވާހަކަ: ޝިކާޔަތު (54)

ކުރީގެ އަދަދާއިގުޅޭ، ” ނިދަން އޮވެފައިވެސް، ބައެއްފަހަރު ޖެހޭނެ މުޙިއްމު ކަންތައްތަކަށް އިސްކަންދޭން” ޖާވިދްގެ ޖުމްލައިން ޒޫނާއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. އެއާއިއެކު ޖާވިދް ބޯ ޖަހާލަމުން ލޯމަރާލިއެވެ. ” އަހަރެން ނުބުނަނީސް، އަހަރެން ބަލައި އައީމަ ވަރަށް އުފާވެއްޖެ! ” ޒޫނާ މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ޖާވިދް ހިނިތުންވަމުން މަގުމައްޗަށް ބަލައިލިއެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުންދެއެވެ. ކުޑައަޅައިގެން ހުރިނަމަވެސް އޭނާ މިހާރުވެސް ހުރީ ވަރަށް ބޮޑަށް ތެމިފައެވެ. އެހެންކަމުން ޒޫނާއަށް...

ސަލާމާ ޢަބްދުލް ޢަލީމް