ކީރިތި ރަސޫލާ ގެނެސްދެއްވި ފޮތާއި ގޮތުގައި ވަރުގަދައަށް ހިފެހެއްޓުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވައިލައިފިއެވެ. ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރަބީއުލް އައްވަލުގެ މައްސަރުގެ މައްޗަށް އަލިއަޅުވައްވާފައިވާ ހުތުބާގައި ވަނީ އެކަލޭގެފާނުގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައި، ހުރިހައި ޢަމަލުތަކެއްގައި ވެސް ކީރިތި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ވެސް ގޮވައިލާފައެވެ. މީގެ އިތުރުން ރަބީއުލް އައްވަލު މަހަކީ ބަރަކާތުން ފުރިގެންވާ މަހެއް ކަމަށާއި މި މަހަކީ އާލަމްތަތަކަށް ރަހުމަތެއް...
މުޙައްމަދު އަފްރާޙް
ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކުގައި މައިގަނޑު ގޮތެއްގައި ވެރިކަންކުރަނީ ބަރުލަމާނީ ނިޒާމު (ޕާލަމެންޓްރީ ސިސްޓަމް) އަށާއި ރިޔާސީ ނިޒާމު (ޕްރެޒިޑެންޝަލް ސިސްޓަމް) އަށެވެ. މި ދެ ނިޒާމު މަސްހުނިކޮށްގެން ސެމީ ޕްރެޒިޑެންޝަލް ސިސްޓަމް ހިންގާ ޤައުމުތައް ވެސް ދުނިޔޭގައި އެބަހުއްޓެވެ. ބަރުލަމާނީ ނިޒާމު އޮންނަ ޤައުމުތަކާއި ރިޔާސީ ނިޒާމު އޮންނަ ޤައުމުތަކުގައި ވެސް އެއް ނިޒާމެއް އޮތަސް އެކި ޤައުމުތަކުގައި ނިޒާމަށް ޢަމަލުކޮށް ހިންގުމުގައި ތަފާތުތައް ހުރެއެވެ. އެކަން ބިނާވެފައި އޮންނަނީ އެ ޤައުމެއްގެ ދުސްތޫރާ...
ޢަބްދުﷲ ސަޢީދު
ކުރީގެ އަދަދާއިގުޅޭ، ޔަޝްމީ މަޑުމަޑުން ގޮސް ހާރޫންގާތު ހުއްޓުނެވެ. އަދި ހާރޫންގެ މޭގައި ބޯޖައްސާލީވެސް ރަހީލަށް ބަލަމުންނެވެ. އެއާއިއެކު ރުޅިގަދަވެފައި ހުރެ ރަހީލް ނިކުމެގެން ދިޔައެވެ. އެހިނދު ހާރޫން ޔަޝްމީގެ ގައިގައި ބައްދާލަމުން ނިތްކުރިއަށް ބޮސްދިނެވެ. *** ހަވީރުގެ ވަގުތެވެ. ޒޫނާ އިނީ ޖާވިދްގެ އިންތިޒާރުގައެވެ. އުނގުމަތީގައި ބާލީސް ބާއްވާލައިގެން އިނދެ އޭނާ ކެތްތެރިކަމެއް ނެތި ވަގުތު ގުނަމުން ދިޔައެވެ. ޒޫނާ އެހެން އިންނަތާ މާގިނައިރުތަކެއް ނުވެ ޖާވިދް އައިސް ދޮރު ހުޅުވާލިއެވެ. އަދި ވަރުބަލިކަ...
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ، އެ އުފާވެރިކަން އެއްފަރާތްކޮށްލާފައި އަނެއްކާވެސް އޭނާގެ މޫނުމަތީގައި ކުރަހާލީ ޔަޝްމީގެ ސޫރައެވެ. ޔަޝްމީގާތު ރަސްމީކޮށް ކައިވެންޏަށް އެދުމަށްޓަކައި އޭނާވަނީ ކެތްމަދުވެފައެވެ. އެހެންކަމުން ފޯނުން ގަޑި ބަލައިލެވުނީވެސް ޔަޝްމީ ދެކިލުމަށް އެދި ހިތް ތެޅޭވަރު ބާރުވަމުންދާތީއެވެ. ކާރުން ފައިބައިގެން އައިސް އެންމެ ފުރަތަމަވެސް ރަހީލް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ދިގު ދަތުރަކަށްފަހު ތާޒާ ވެލައިގެން ނޫނީ ޔަޝްމީގާތަށް ދާން އޭނާ ބޭނުމެއް ނޫނެވެ. އަތުގައި އޮތް މާބޮނޑި އެނދުމަތީގައި ބޭއްވު...
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ، ” ކޮންތާކަށް އަހަރެން ތިގެންދަނީ ؟” ޔަޝްމީގެ އަތުގެ ކުޑަހުޅުގައި ބާރުބާރަށް ހިފުމަށްފަހު އޭނާ ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުންނާށެވެ. ނަމަވެސް އަތަށް ބާރު ލުމަށްފަހު ޔަޝްމީ އަތް ފޮޅުވާލީ ނުހަނު ބާރަށެވެ. އޭރު އޭނާއަށް މާނޭވާ ލެވެމުންދެއެވެ. މޫނުމަތީގައިވަނީ ނުތަނަވަސްކަމާއި ހިތްދަތިކަމުގެ އަސަރު ތަކެވެ. ޔަޝްމީ އަތް ފޮޅުވާލުމާއިއެކު، ހާރޫން ފަސްއެނބުރި ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ” ކީއްކުރަން އަހަރެން ތި ގެންދަނީ؟ އަހަރެން ބޭނުމެއް ނޫނޭ ހާރޫންއާއެކު ދާކަށް! ” ޔަޝްމީއ...
ސަލާމާ ޢަބްދުލް ޢަލީމް
ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ ބޭފުޅެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މި ސެޕްޓެމްބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާއިރު، މި ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް ގެންދަވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ތަފާތު އެކި ފޯމިއުލާތައް ބޭނުން ކުރައްވައިގެން ކެމްޕެއިން ކުރައްވަމުންނެވެ. ދެވަނަ ބުރުގައި ވާދަކުރައްވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެންމެ މަތީން ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން […]
މުޙައްމަދު އަފްރާޙް
ކުރީގެ އަދަދާއިގުޅޭ، ހެނދުނުގެ ހިތްގައިމު ވަގުތެވެ. ހޮޓެލުން ނިކުމެގެން އައިސް ރަހީލް ކާރަށް އެރުމާއެކު ބާރު ދުވެލީގައި ހޮޓެލްގެ ގޭޓުން ކާރު ނިކުމެއްޖެއެވެ. އެމަންޒަރު ބަލަން ދުރުގައި އޮތް ކާރުގައި އިން ހާރޫން އަވަސް އަވަހަށް ކާރުގެ ތެރެއިން ނިކުމެގެން ގޮސް އެ ހޮޓެލަށް ވަނެވެ. އެއަށްފަހު ރިސެޕްޝަނާ ދިމާލަށް ހިނގައިގަތީ އަވަސް ހިތަކައިގެންނެވެ. ނަމަވެސް އޭނާގެ އަވަސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އެއްވެސް ގެސްޓަކު އުޅޭ ކޮޓަރިއެއްގެ ނަންބަރު ރިސެޕްޝަނުން ނުދޭނެކަން ހަނދާން ވުމުންނެވެ. އެއާއިއެކު...
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ، ޔާނިޝްއަށް ދެމުންދާ ތަރުބިއްޔަތަކީ ހާރޫންގެ ކަށިން ހިތްވަރު ނެރެގެން ދޭ ތަރުބިއްޔަތެވެ. އެހެންކަމުން ޔާނީޝް ބޮޑުވަމުން އަންނަނީ ހާރޫން ބޭނުންވާފަދަ ބަސްއަހާ ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައެވެ. ހާރޫންއަށް މިހާރު ލިބެމުންދާ ހަމައެކަނި އުފަލަކީވެސް އެއީއެވެ. *** ފާއިޒާ އިނީ ގޭ ސިޓިންގރޫމްގައި ޓީވީ ބަލާށެވެ. މީގެ ދެއަހަރު ކުރިން ޝާކިރު މިދުނިޔެއިން ވަކިވެގެން ދިޔުމުން އޭނާވަނީ ނުހަނު އެކަނިވެރިވެފައެވެ. ކިތަންމެ ގިނަ ދުވަސްވީ ނަމަވެސް ޝާކިރުގެ ހަނދާންތަކަށް ފަނޑުވުމެއް ނާދެއެވެ....
ސަލާމާ ޢަބްދުލް ޢަލީމް
“މިހާރު ރާއްޖެތެރޭގެ ރައްޔިތުންނަށް ދިމާވާ އެންމެބޮޑު އެއް ދައްޗަކީ، ކިތަންމެ ކުޑަ ކަމަކަށް ނަމަވެސް، ޞިއްޙީ ފަރުވާއަކަށް ބޭނުންވެއްޖިއްޔާ މާލެ ދާންޖެހޭކަން… ކޮންމެ ކަމެއް ދިމާވުމުން، މާލެ ދިޔުމަކީ އެއްގޮތަކަށްވެސް ފަސޭހަކަމަކަށް ނުވާނެ…ވަރަށް ބޮޑެތި ޚަރަދުތައް ކޮށްގެން ނޫނީ ނުކުރެވޭ ކަމަކަށްވާނީ…. މިއަދު ތިލަދުންމަތީ ދެކުނުބުރީގެ ކުޅުދުއްފުށީގައި މި ހުޅުވުނު ރީޖަނަލް ހޮސްޕިޓަލުގެ ސަބަބުން މިހިސާބުގަނޑުގެ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމާމެދަކު ޝައްކެއްނެތް.” މިއީ 1982 މާރ...
ހާޝިމް އަބޫބަކުރު
ކުރީގެ އަދަދާއިގުޅޭ، ” ދެން އަޅާނުލާ! ހިނގާބަލަ މިތަނުން ނިކުންނަން.. މިހާރު އަޑުގަދަ ކަމުން ބޮލުގައި އެބަ ރިއްސާ! ” ރަހީލް ހިނގުން ބާރުކޮށްލުމުން ޔަޝްމީއަށް އަނެއްކާވެސް ފަހަތް ބަލައިލެވުނެވެ. އޭރުވެސް އޭނާގެ ލޯމަތިން އެ މައުސޫމް މޫނު ފެންނަހެން ހީވެއެވެ. *** ދޮރާށި ހުޅުވާލުމަށްފަހު ޒޫނާ ބޭރަށް ނިކުމެ ހުރީ ޖާވިދްގެ އިންތިޒާރުގައެވެ. އޭރު މާދުރުން އަންނަ ޖާވިދްގެ ސައިކަލް ފެނި، ޒޫނާގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ. ” އަނހާ! މަންމަގެ ލޯބިލޯބި ކަމަނާ! […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ، ޖީބުގައި އޮތް ފޯނު ނެގިއިރު ބާރުބާރަށް ހިނގާފައި، ޔަޝްމީ މާދުރަށް ގޮއްސިއެވެ. އޭރުވެސް ރަހީލަށް ހުރެވުނީ ހިނގައިގަންނަންވެސް ނޭނގިފައެވެ. *** ” ބޭބޭ! އަހަރެން މިކިޔައިދިނީ ޔަޝްމީ އަހަންނާ ހިއްސާކުރި ވާހަކަތައް… ދެން ބުނެބަލަ! ބޭބެ ހަމަ އަދިވެސް ޔަޝްމީއާ މެރީ ކުރަން ބޭނުންތަ؟ ” ކަނާތު ކަންފަތަށް ފޯނު ބަދަލު ކޮށްލަމުން ރަޝާ ސުވާލު ކުރިއެވެ. އޭރު ރަހީލަށް ހުރެވުނީ ވާހަކަ ދައްކަންވެސް އުނދަގޫ ވެފައެވެ. ޔަޝްމީއާމެދު މާބޮޑަށް އުއްމީދު ކުރެވުމުގެ ސަބަބުން […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ އަދަދާއިގުޅޭ، މާގިނަ އިރުތަކެއްނުވެ ކައިރިކޮށްލި ކާރުގެ ތެރެއަށް އޭނާ އަވަސް އަވަހަށް ދެމިގަތެވެ. އަދި ގޭގެ ނަން ބުނެލުމަށްފަހު ސީޓުގައި ލެނގިލެވުނީ ވެފައިވާ ވަރުބަލިކަމުންނެވެ. ނަމަވެސް ކުރީ ސީޓާ ދިމާލު މަތީގައި ހަރުކޮށްފައިހުރި ލޯގަނޑުކޮޅުން ޑްރައިވަރުގެ މޫނު ފެނުމާއެކު ޔަޝްމީއަށް ތެޅިގަނެވުނެވެ. ” ޔަޝްމީ މޭމް! ” އިސާހިތަކު ޑްރައިވަރ އޭނާއަށް ގޮވާލިއެވެ. ” ޑްރައިވަރ ނައީމް! ” ޔަޝްމީއަށް ގޮވައިލެވުނީ ނުހަނު ކަންބޮޑުވެފައިވާ ރާގަކަށެވެ. ” ބޮސް ކޮބާ؟ ވީތަނެއް އެނގޭތަ؟ ” އެންމެ […]
ސަލާމާ ޢަބްދުލް ޢަލީމް
ރިޝްވަތު ދޭ މީހާ އާއި ރިޝްވަތު ހިފާ މީހާއަށް މާތްﷲ ވަނީ ލަޢުނަތްލައްވާފައިކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުތުބާގެ މަޢުލޫއަކީ ”ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމުގެ ނުބައިކަން” މިއެވެ. މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފައިވާގޮތުގައި، މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން އެންމެ ފިލުވާލަން އުނދަގޫ އެއް ވަބާ އަކީ ރިޝްވަތުގެ ވަބާއެވެ. ބައެއް މުޖުތަމައުތަކުގައި ރިޝްވަަަތުގެ ވަބާ ވަރަށް ބޮޑަށް ޢާންމުވެފައިވާއިރު، ބައެއް މުޖުތަމައުތަކުގައި ރި...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، ” ތި ދުޢާ އިޖާބަ ކުރައްވާތޯ އަހަރެން ދުޢާ ކުރާނަން! ” ރަޝާއަށް ބަލައިލަމުން ޔަޝްމީއަށް އަނެއްކާވެސް ހިނިތުން ވެލެވުނެވެ. ” އަޅެ އަހަންނަށް ޔަޝްމީގެ މޫޑު ގޯސްކުރެވުނީދޯ! ސޮރީ އިނގޭ.. ” އިސްޖަހާލައިގެން އިން ޔަޝްމީ އިސްއުފުލާލީ ރަޝާގެ އަޑަށެވެ. ” ނޫނޭ.. އޯކޭ ހަމަ! ހިތުގައި ހުންނަ އުދާސްތައް މިގޮތަށް ބޭރު ނުކުރެވިގެން ކަންނޭނގެ މިކަމުން އަރައި ނުގަނެވިގެން މިއުޅެނީވެސް.. މިކަންތައްތައް ޝެއަރ ކުރާނެ ފްރެންޑެއް ލިބުނީމަވެސް އަހަރެން މިއަދު ވަރަށް […]
ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެއަދަދާއިގުޅޭ، ” އަހަރެން ވަރުބަލިވެއްޖެ ހާރޫން! އަހަރެންގެ ސިކުނޑީގައި އިތުރަށް ވިސްނާނެ ބާރެއް ނެތް.. ވިންދު ޖަހާނެ ހިތްވަރެއް ހިތަކު ނެތް! އެތެރެއަށް ނޭވާ ދަމާލާނެ ވަރެއް ހަށިގަނޑަކުވެސް ނެތް.. ބުނެބަލަ! އަހަރެން ކިހިނެއްތަ ހަދަންވީ؟ ދުނިޔެ މަތިން ހަނދާންނައްތާލަން ވީތަ؟ ” ދެލޯ މަރާލަމުން ޔަޝްމީއަށް ބުނެވުނެވެ. *** ފްލައިޓްގައި އިން އިރުގައިވެސް ޔަޝްމީއަށް ފިކުރު ކުރެވެނީއެވެ. އޭނާގެ ދިރިއުޅުމާމެދު މާބޮޑަށް ވިސްނެނީއެވެ. ކުރު ގޮތަކަށް ބުނާނަމަ ދުނިޔެމަތިން ފޫހިވަނީއެވެ. ދުނިޔޭގެ އަލިކަން...
ސަލާމާ ޢަބްދުލް ޢަލީމް