މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:00 އިން 01:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (20:35 އިން 02:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކޮލަމް

1,330 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 24 ވަނަ ޞަފްޙާ

މިއަދުގެ ޚުޠުބާ އަލުން ކިޔާލާ އަޑު އަހާލަން: "ދީނަށް ޓަކައި ޚިދުމަތްކުރުން"

މިއަދުގެ ޚުޠުބާ އަލުން ކިޔާލާ އަޑު އަހާލަން: "ދީނަށް ޓަކައި ޚިދުމަތްކުރުން"

މިއީ، 26 صَفَر 1446 (30 އޮގަސްޓު 2024) ވީ ހުކުރު ދުވަހު “ދީނަށް ޓަކައި ޚިދުމަތްކުރުން” މިމަޢުލޫއަށް ރާއްޖޭގެ މިސްކިތްތަކުގައި ކީ ޚުޠުބާ އެވެ. މިމި ޚުޠުބާ އަކީ، 23 އޮގަސްޓް 2024 ދުވަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގައި، ޖަމްޢިއްޔަތު ވުފޫދުލްޙަރަމްގެ ރައީސް ޑރ. ޙަމްދާން ބިން ޙުމައިދުއަސުލަމީ އަރަބި ބަހުން ދެވި ހުތުބާގެ ތަރުޖަމާއެކެވެ. ފުރަތަމަ ޚުޠުބާ ކުށުގެ ވެއްޓަށް ވަދެވި، އެއިން ސަލާމަތްނުވެވިފައިވާ އަޚުންނޭވެ! ތިޔަބައިމީހުންގެ ހަވާނަފުސުގައި ލަގަން އަޅުވާށެވެ! ފާފަތަކަށް [...

Thiladhun
ސިޙްރުވެރިން ކައިރިއަށް ދާމީހާ ވަނީ، އަނދިރިކަންބޮޑު ކުށަކަށް އަރައިގަނެ އުރެދިފައި

ސިޙްރުވެރިން ކައިރިއަށް ދާމީހާ ވަނީ، އަނދިރިކަންބޮޑު ކުށަކަށް އަރައިގަނެ އުރެދިފައި

ސިޙްރު ހެދުމަށްޓަކައި ސިޙްރުވެރިއެއްގެ ގާތަށް ހިގައްޖެމީހާ ފަހެ، އޭނާގެ ދީން އޭނާގެ ދުނިޔެއަށްޓަކައި ވިއްކައިލައިފިއެވެ. އަދި އޭނާގެ ނަފްސު ﷲގެ ކޯފާއަށް ހުށަހަޅައިފިއެވެ. އެއީ ދީނުން ބޭރުވާކަމެއް ކުރުމުގެ ސަބަބުންނެވެ. އަދި އެއީ ސިޙްރާމެދުގައި ރުހުމެވެ. ޝައިޚު މުޙައްމަދު ބުން ޢަބްދުލްވައްހާބު رحمه الله ވިދާޅުވެފައިވެއެވެ. (( ފަހެ، އެކަން (އެބަހީ ސިޙްރު) ހަދައިފިމީހާ ނުވަތަ އެއާއިމެދު ރުހިއްޖެމީހާ ފަހެ، ކާފަރުވެއްޖެއެވެ.)) އެހެންމީހަކަށް ގެއްލުންދިނުމަށްޓަކައި ސިޙްރުވެރިން ގާތަށް ދާމީހާ ޙަސަދަވެރ...

Thiladhun
އެހެން މީހުންނަށް އިޙްތިރާމްކުރުމުން، ދުނިޔޭގައި ހެޔޮކަމުގެ ރާޅެއް ފެތުރިގެންދެއެވެ.

އެހެން މީހުންނަށް އިޙްތިރާމްކުރުމުން، ދުނިޔޭގައި ހެޔޮކަމުގެ ރާޅެއް ފެތުރިގެންދެއެވެ.

އިޙްތިރާމް ކުރުމަކީ އެހެން މީހުންގެ އިހުސާސްތަކަށާއި، ބޭނުންތަކަށާއި، ޙައްޤުތަކަށް ކަމޭހިތުމާއި އަގުވަޒަންކުރުމެވެ. އަޅުގަނޑުމެން އެހެން މީހުންނަށް އިޙްތިރާމްކުރުމުން، ދުނިޔޭގައި ހެޔޮކަމުގެ ރާޅެއް ފެތުރިގެންދެއެވެ. އިޙްތިރާމްކުރުން ފެށެނީ، ތަފާތުކުރުމެއްނެތި، ކޮންމެ މީހެއްގެ އަގު ވަޒަންކުރުމުގެ ތެރެއިންނެވެ. އެކުވެރިއެއް ކަމުގައި ވިޔަސް، އަވަށްޓެރިއެއް ކަމުގައި ވިޔަސް، ނުވަތަ ދިމާވާ ބޭރު މީހެއް ކަމުގައި ވިޔަސް، ކޮންމެ މީހަކީވެސް ވަކި ވާހަކައަކާއި ތަޖުރިބާތަކެއް އޮތް މީހެކެވެ. ތަފާތުކުރުމެއްނެތި،...

މުޙައްމަދު ޝިހާބް
ޓިކްޓޮކްގައި މަޝްހޫރު ޤާރީ މުޙައްމަދު ދިބިރޯވް ރާއްޖޭގައި

ޓިކްޓޮކްގައި މަޝްހޫރު ޤާރީ މުޙައްމަދު ދިބިރޯވް ރާއްޖޭގައި

މުޙައްމަދު ދިބިރޯވްއަކީ ޤުރުއާން ކިޔެވުމުގެ ދާއިރާއިން މިހާރު ވަރަށް މަޝްހޫރުވވަމުން އަންނަ ޒުވާން ޤާރީއެކެވެ. އޭނާގެ ރީތި އަޑާއި ފަންނުވެރި ކިޔެވުމުގެ ސަބަބުން ޓިކްޓޮކް ފަދަ މީސްމީޑިއާގެ ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު އޭނާއަށް ފޮލޯކުރަމުން އާދެއެވެ. އޭނާގެ ކިޔެވުންތައް އަޑުއަހަމުންދެއެވެ. މުޙައްމަދު ދިބިރޯވް ރާއްޖޭގައި ހޭދަކުރަމުންދާ ދުވަސްތަކުގައި، ރާއްޖޭގެ ގޮނޑުދޮށްތަކާއި ތުނޑީގައި ނަގާފައިވާ ވީޑިއޯތަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. އެގޮތުން، މީގެ 4 ދުވަސް ކުރިން ރާއްޖޭގެ ރީތި ތ...

އަލީ އާދިލް
ޖީލުތަކުގެ ތަފާތު

ޖީލުތަކުގެ ތަފާތު

ޖީލު (Generation) އަކީ 20 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތެކެވެ. އެއީ އެއް ދުވަސްވަރެއްގައި ދުނިޔެއަށް އުފަންވާ މީހުން ނުވަތަ އެއް އުމުރުފުރައެއްގެ މީހުންނެވެ. އެހެންކަމުން އެއް ޖީލެއްގެ މީހުންނަކީ އެއް ދުވަސްވަރެއްގެ ތެރޭގައި އުފަންވެ، ބޮޑުވާ އަދި އާންމު ތަޖުރިބާތަކާއި ގިޔަމުތަކާއި ސަގާފީ ނުފޫޒުތައް ހިއްސާކުރާ މީހުންނެވެ. މިގޮތުން ޖީލުތައް ބައިކުރާއިރު މައިގަނޑު ހަތަރު ބަޔަކަށް ޖީލުތައް ބެހިގެން ދެއެވެ. އެއީ ބެބީބޫމަރސް، ޖެނެރޭޝަން އެކްސް، މިލިނިއަލްސް، އަދި ޖެނެރޭޝަން ޒެޑް (ޖެން ޒީ) […]

ޢަބްދުﷲ ސަޢީދު
ފަލަސްޠީން: ބަރަކާތްތެރި މުޤައްދަސް ބިމުގެ ތާރީޙް

ފަލަސްޠީން: ބަރަކާތްތެރި މުޤައްދަސް ބިމުގެ ތާރީޙް

މާތް ﷲއަށް އަޅުކަން ކުރުމަށް މި ބިންމަތީގައި އެންމެ ފުރަތަމަ ބިނާކުރެވުނީ މައްކާގައިވާ އަލްމަސްޖިދުލްޙަރާމެވެ. އެއަށް ފަހު ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލްއަޤްޞާއެވެ. އިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައި ވާ ގޮތުގައި އަލްމަސްޖިދުލްޙަރާމު ބިނާކުރުމާ އަލްމަސްޖިދުލްއަޤްޞާ ބިނާކުރުމާ ދެމެދުގައި ފާއިތުވެފައި ވަނީ ސާޅީސް އަހަރެވެ. މިބަސްފުޅުން اللهގެ ރިސާލަތާއި މި ދެ ރަށާ ދެމެދުގައިވާ ގުޅުން ވަރަށް ރަނގަޅަށް އެނގެއެވެ. އެއަށް ފަހު އިބްރާހީމުގެފާނާއި އެކަލޭގެފާނުގެ ކޮއްކޯފުޅު ލޫޠު...

Thiladhun
ނިދުމުގެ ކުރިން ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔުމަށް އާދަކުރާށެވެ.

ނިދުމުގެ ކުރިން ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔުމަށް އާދަކުރާށެވެ.

ކޮންމެ ދުވަހެއްގެ ނިދުމުގެ ކުރިން ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔުމަކީ ވަރަށް މުހިންމު އަދި ގިނަގުނަ ފައިދާތަކެއް ލިބިގެންވާ ކަމެކެވެ. މި ދެއާޔަތަކީ އާމަނަރްރަސޫލު އަދި ލާޔުކައްލިފުﷲ ގެ ނަމުން މަޝްހޫރުވެފައިވާ ދެއާޔަތެވެ. މި ދެއާޔަތުގެ މާނައަށް ބަލާއިރު، އޭގައި އީމާންކަމުގެ އަސާސްތަކާއި، އަޅުކަމުގެ މުހިންމުކަމާއި، އަދި އަޅުތަކުން އަޅުކަން ކުރުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތަކުން ސަލާމަތްވުމަށް އެދި ﷲ އަށް ދުޢާކުރުމުގެ މުހިންމުކަން ހިމެނިފައިވެއެވެ. ފުރަތަމަ އާޔަތުގައި ބަޔާންކޮށްފައިވަނީ މުއު...

Thiladhun
ބޮޑު ގޮހޮޑާ ވާހަކައިގެ ޚުލާޞާ

ބޮޑު ގޮހޮޑާ ވާހަކައިގެ ޚުލާޞާ

މިސްރުގައި ރަސްކަލެއް އުޅުއްވިއެވެ. އެ ރަސްގެފާނުގެ ހަތް އަނބިކަނބަލުން ތިއްބެވިއެވެ. އޭގެ ތެރެއިން އެންމެ ހަގު ކަމަނާ އާލާސްވެ އިންނަވާ ވަރަށް ރީތި ފިރިހެން ބޭފުޅެއް ރައްކައުވިއެވެ. އެ ދަރިކަލުންނަށް ނުވަރޭނުވަދުވާ ވީތަނާ ގެއްލިވަޑައިގަތެވެ. މަންމާފުޅު ހައްމާމުން ނިކުމެ ވަޑައިގެންނެވިއިރު އެ ދަރިކަލުން ޖެހުނުތާ ލަކުނު ވެސް ނެތީއެވެ. ރަސްގެފާނުގެ އެ ދަރިކަލުން ގެންދެވީ ހަވާ ބޮޑު އެދުރުކަލޭފާނެވެ. އެ ބޭފުޅާ ބޮޑުފުޅުވުމުން އާއިލާ ކައިރިއަށް މިސްރަށް ފޮނުއްވިއެވެ. ޖިންނީގެ އަސްގާޑިޔާ ކޮޅެއްގައެވެ....

ޢަބްދުﷲ ސަޢީދު
މީހުންގެ ވާހަކަ އަބަދު އަބަދު ދެއްކުމަކީ ނަހީކުރައްވާފައިވާ ކަމެއް!

މީހުންގެ ވާހަކަ އަބަދު އަބަދު ދެއްކުމަކީ ނަހީކުރައްވާފައިވާ ކަމެއް!

މީހުންގެ ވާހަކަ އަބަދު އަބަދު ދެއްކުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެކެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢަށް އެތައް ގެއްލުންތަކެއް ކުރިމަތިވެފައިވެއެވެ. މީގެ ތެރޭގައި އިޖްތިމާޢީ ގުޅުންތައް ކެނޑި، އެކަކު އަނެކަކަށް އިތުބާރު ގެއްލި، ފިތުނަފަސާދަ އިތުރުވުން ހިމެނެއެވެ. މި ނުބައި އާދައިން އަރައިގަތުމަށްޓަކައި އަޅުގަނޑުމެން އަމިއްލަ ނަފްސަށް ނަޞޭޙަތްތެރިވާން ޖެހެއެވެ. އަދި އެހެން މީހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިޞްލާޙު ކުރުމަށް މަސައްކަތް ކުރ...

މުޙައްމަދު ޝިހާބް
އާޔަތުލް ކުރުސީގެ ތަފްސީރު!

އާޔަތުލް ކުރުސީގެ ތަފްސީރު!

އާޔަތުލް ކުރުސިއަކީ މާތްﷲ ކީރިތި ޤުރުއާންގައި ވަޙީކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. އާޔަތުލް ކުރުސިއަކީ ބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތެވެ. އާޔަތުލް ކުރްސީގައި 50 ކަލިމަ ހިމެނެއެވެ. ކޮންމެ ކަލިމައަކީވެސް އެތައް ގޮތަކުން އޭގެ ދަރުމަޔާއި ހެޔޮ އަސަރުކުރެއެވެ. މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ކޮންމެ ރެއަކު އާޔަތުލް ކުރުސި ކިޔާށެވެ. އަދި ހެނދުނާއި ހަވީރުވެސް ކިޔާށެވެ. ނިދުމުގެ ކުރީގައި އާޔަތުލް ކުރުސީ ކިޔުން ސުންނަތް ވެގެންވެއެވެ. [...

Thiladhun
ޤުދުސުގެ މަސްއަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއް، އެއީ ހުރިހައި މުސްލިމުންގެ ޤަޟިއްޔާއެއް

ޤުދުސުގެ މަސްއަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއް، އެއީ ހުރިހައި މުސްލިމުންގެ ޤަޟިއްޔާއެއް

ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫންކަމަށާއި އަދި އެއީ ހަމަ އެކަނި ޢަރަބީންގެ މައްސަލައެއް ވެސް ނޫންކަމަށާއި އެއީ  ހުރިހައި މުސްލިމުންގެ ޤަޟިއްޔާއެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާ ވިދާޅުވެއްޖެ އެވެ. ޚުޠުބާގައި ވިދާޅުވި ގޮތުގައި މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި، އެ ބިން ފޭރިގަތުމުން، އެ ބިން މިނިވަންކުރުމަށް އެންމެހައި މުސްލިމުން އެއްބައިވެ، އެކަތިގަނޑަކަށްވާން ޖެހެއެވެ. އަދި އަނިޔާ ލިބޭ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހެއ...

Thiladhun
ކައްވަޅުގެ ޢަޛާބު އިވޭ ބަޔަކު ކަމުގައި ތިޔަބައިމީހުން ވީނަމަ ބިރުން މަރުވެދާނެތެވެ.

ކައްވަޅުގެ ޢަޛާބު އިވޭ ބަޔަކު ކަމުގައި ތިޔަބައިމީހުން ވީނަމަ ބިރުން މަރުވެދާނެތެވެ.

ދުނިޔަވީ ޙަޔާތުގައި އިންސާނުން އެކި ބާވަތުގެ މަސައްކަތްތަކުގައި ނިމިގެންވެއެވެ. މި މަސައްކަތްތައް ކުރުމުގައި، އޭގެ ނަތީޖާއާމެދު ފުންކޮށް ވިސްނައި ފިކުރުކުރެއެވެ. އެއީ އެކަމުގެ ސަބަބުން ލިބިދާނެ މަންފާއާއި ގެއްލުމުގެ މައްޗަށް ރިޢާޔަތްކޮށް، އެންމެ ފައިދާހުރި ގޮތް އިޚްތިޔާރުކޮށް، ގެއްލުންހުރި މަގުން ދުރުހެލިވުމަށްޓަކައެވެ. ޝައްކެއްނެތް ގޮތުގައި، ކައްވަޅަކީ އެންމެ ބޮޑަށް ރައްކާތެރިވުން ޙައްޤުވެގެންވާ ތަނެވެ. އެހެނީ އެއީ އާޚިރަތުގެ އެންމެ ފުރަތަމަ މަރުޙަލާ ކަމުގައިވާތީއެވެ. ކައްވަޅުން ސަލާމަތްވެއްޖެނ...

Thiladhun
ހަމަޖެހޭ ޢާއިލީ މާޙައުލެއްގައި ދިރިއުޅޭ ކުދިންނަށް، ތަޢުލީމީ ގޮތުން ކުރިއެރުން ލިބުމުގެ ފުރުޞަތު ބޮޑު

ހަމަޖެހޭ ޢާއިލީ މާޙައުލެއްގައި ދިރިއުޅޭ ކުދިންނަށް، ތަޢުލީމީ ގޮތުން ކުރިއެރުން ލިބުމުގެ ފުރުޞަތު ބޮޑު

މައިންބަފައިން އެކަކު އަނެކަކާ ލޯބިން ވާހަކަދެއްކުމަކީ އުފާވެރި ޢާއިލާއެއް ބިނާކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަންތަކެވެ. ލޯބިން ވާހަކަދައްކާ މައިންބަފައިންގެ ކިބައިން، އެހެންމީހުނާ މުޢާމަލާތުކުރާނެ ރަނގަޅުގޮތް ދަރިންނަށް ދަސްވެއެވެ. އަދި މައިންބަފައިންގެ މެދުގައި އޮންނަ ހެޔޮ ގުޅުމުން މުޅި އާއިލާގެ ގުޅުން ވަރުގަދަވެއެވެ. ހަމަޖެހޭ ޢާއިލީ މާޙައުލެއްގައި ދިރިއުޅޭ ކުދިންނަށް ކިޔެވުމަށް އެކަށީގެންވާ ވެއްޓެއް ލިބި، ތަޢުލީމީ ގޮތުން ކުރިއެރުން ލިބުމުގެ ފުރުޞަތު ބޮޑުވެއެވެ. ލޯބީގެ މާޙައުލެއްގައި...

މުޙައްމަދު ޝިހާބް
މިނިވަންކަމުގެ ވަގުތުފީތާ

މިނިވަންކަމުގެ ވަގުތުފީތާ

1887: އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ 16 ޑިސެންބަރު 1887 ގައެވެ. ހިމާޔަތުގެ ދަށަށް ދިޔައީ ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މުއާހަދާއެއްގެ ދަށުންކަމަށް ބުނެވުނަސް މިކަން ހިނގާ ދިޔައީ ދިވެހި ދައުލަތަށް މަޖުބޫރުކޮށްގެން އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވި ރަދުން، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)ގެ ސިޓީފުޅެއް ހޯދައިގެން. އެ ސިޓީފުޅުގެ މައްޗަށް އިނގިރޭސީން ދިވެހިރާއްޖެއަށް ހިމާޔަތްދިން ކަމަށް ބުނެ ފޮނުވި ސިޓީއަކީ އިނގިރޭސި ކްއީން ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަ...

ޢަބްދުﷲ ސަޢީދު
އެންމެ ދިގު އާޔަތް، މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމުގެ ޖަރީމާގެ ބޮޑުކަން ބަޔާން ކުރައްވާ!

އެންމެ ދިގު އާޔަތް، މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމުގެ ޖަރީމާގެ ބޮޑުކަން ބަޔާން ކުރައްވާ!

ޤުރްއާނުގައި އޮތް އެންމެ ދިގު އާޔަތަކީ ބަޤަރާ ސޫރަތުގެެ 282 ވަނަ އާޔަތެވެ. މިއާޔަތަކީ ދަރަނީގެ އާޔަތެވެ. މިއީ ޤުރްއާނުގައި އޮތް އެންމެ ދިގު އާޔަތެވެ. މިއާޔަތް ބާވައިލެއްވުނީ މާލީ ޙައްޤުތައް ކަނޑައަޅުއްވައި، މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމުގެ ޖަރީމާގެ ބޮޑުކަން ބަޔާން ކުރެއްވުމަށެވެ. ތިރީގައި މި ހިއްސާކޮށްލަނީ މި އާޔަތުގެ މާނައާއި އެ އާޔަތުގެ ތަފްސީރެވެ. ތަފްސީރު ނަގާފައިވާނީ اَلتَّفْسِيْرُ الْوَاضِحُ الْمُيَسَّرُ “ބަޔާން ވެގެންވާ ފަސޭހަ ތަފްސީރު” ގެ ދިވެހި ތަރުޖަމާ އިންނެވެ. يَا أَيُّهَا الَّذ...

Thiladhun