ނަޝީދުގެ މައްސަލަ އެޖެންޑާކޮށް އިތުރު ޖަލްސާއެއް މިއަދަށް ތާވަލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ. މަޖިލީހުގެ އިދާރާގެ ވެބްސައިޓްގައިވާގޮތުން މި ޖަލްސާ ބާއްވަން ތާވަލުކޮށްފައި ވަނީ ހަވީރު 16:00 އަށެވެ. މި ޖަލްސާގެ އެޖެންޑާގައި އޮތީ ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގެ ގަރާރުގެ މަސައްކަތެވެ. މިއީ މިއަދު ބާއްވާ މަޖިލީހުގެ ތިން ވަނަ ޖަލްސާ އެވެ. މަޖިލީހުގެ މިއަދުގެ ފުރަތަމަ ޖަލްސާ އޮތީ ހެނދުނު 9...