ޓެކްނިކަލް މައްސަލައެއް ދިމާވެ ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓް ކެނޑިއްޖެ

ހުޅުމާލެ ފޭސް ދެއެއްގެ ޓަވަރުތައް، ފޮޓޯ: ނަޒީހް/ބާރަށް
ހުޅުމާލެ ފޭސް ދެއެއްގެ ޓަވަރުތައް، ފޮޓޯ: ނަޒީހް/ބާރަށް

ޓެކްނިކަލް މައްސަލައެއް ދިމާވެ ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.

''މައްސަލަ ދެނަގެނެ، ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން.'' ސްޓެލްކޯއިން ވިދާޅުވެފަވެއެވެ.

މީގެ އިތުރުން ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭ މާފަންނުގެ ބައެއް ހިސާބުތަކުން މިއަދު މެންދުރު 13:30 އިން 14:45 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށް ސްޓެލްކޯއިން ކުރިން ވަނީ ވިދާޅުވެފައެވެ.

ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ގުޅިގެން މިއަދުގެ އެވަގުތުތަކުގައި ކަރަންޓް ކެނޑިދާނެ ކަމަށް އެ ކުންފުނިން ލަފާކޮށްފައިވާ މާފަންނުގެ ސަރަހައްދު ތަކަކީ ޝާރިއު ވަރުދީ މަގާއި، ޝާރިއު ވަރުދީ ހިނގުން، ކުއްޅަވަށް ގޯޅި، ހަވީރީ ހިނގުން، ފީރޯޒު މަގު، ގަނދަކޯޅިމަގު، ކުޅިދޮށު މަގު، ފުލޫނިޔާ މަގު، އިރާކު މަގު އަދި ކާނޭޝަން މަގެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި