މިނިވަންކަމަށް ހުރި ގޮންޖެހުންތަކާމެދު ފަރުވާތެރިވަމާ!
ދިވެހިންގެ ޒަމާންވީ ދިގުތާރީޚުގައިވެސް މިނިވަންކަން ގެއްލިގެން ގޮސްފައިވަނީ އިގިލިން ގުނާލެވޭހާ މަދު ފަހަރަކުއެވެ. ޕޯޗްގީޒުންނާއި މަލާބާރީންނާއި އަދިވެސް އެނޫން ބޭރުގެ އިސްތިޢްމާރީ ބާރުތަކުން ދިވެހިންގެ ބިމަށް ގަދަބާރުން ވެރިވެ ދިވެހި ރއްޔިތުން އަޅުވެތިކޮށްފައިވާކަން ތާރީޚުން ފެންނަން އެބައޮތެވެ. ނަމަވެސް އެއިންކޮންމެ ފަހަރަކުވެސް ދިވެހިންވަނީ އެފަދަ ބާރުތަކާއި ކުރިމަތިލައި އިސްތިޢްމާރީން ބޭރުކޮށް ޤައުމު މިނިވަންކޮށްފައެވެ. ކުރިން މިދެންނެވުނު ޒަމާނަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ބޮޑެތި ބާރުތަކުން...