ރޯދަޔަށް ހާއްސަ ފިހާރައެއް އެސްޓީއޯއިން ދެވަނަ ފިޔަވަހީގައި ހުޅުވަނީ
ރޯދަމަހަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފިހާރައެއް ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވުމަށް ނިންމައިފިއެވެ. އެސްޓީއޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފިހާރަ މަރާމާތުގެ މަސައްކަތަށް ބަންދުކޮށްފައިވުމުން އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނެ ފިހާރައެއް ނެތްކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ހުޅުމާލެ ފަދަ ބޮޑު އަބާދީއެއްގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ތަކެތީގެ އަގު ބޮޑުވެގެން ގޮސްދާނެކަމުގެ ޝަކުވާވެސް ލިބެމުނ...