ބޮޑެތި އިނާމުތަކަކާއެކު މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.

މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ މިފްކޯގެ މަސް ފިހާރައިގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އިޒްހާންއެވެ.

Ad
rt

މިފްކޯއިން ބުނީ އިއްޔެއިން ފެށިގެން މިއަހަރުގެ އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މިފްކޯގެ މަސްފިހާރަތަކުން 200 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާނެ ކަމަށެވެ. އަދި މި ކޫޕަން ދޫކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަންގައި އެއްވަނަ އަށްދާ ނަސީބުވެރިޔަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ހަމަޖެހިފައި ވާއިރު ދެވަނަ އަށް ހޮވޭ ނަސީބުވެރިޔަކަށް 45،000 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ނަސީބުވެރިޔަކަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅައިފައެވެ.

މި ރޯދަ މަހާ ދިމާކޮށް އަލަށް ބާޒާރަށް ނެރުނު މަސްދަޅު ޕެކްތަކުގައި ހަ ދަޅުގެ ޕެކާއި، 12 ދަޅުގެ ޕެކާއި 24 ދަޅުގެ ޕެކާއި އަދި 48 ދަޅުގެ ޕެކް ހިމެނެއެވެ.

މިއަހަރުގެ ޕްރޮމޯޝަން ވެސް މިފްކޯގެ މާލޭ ފިހާރަ، ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި ހުޅުވާފައިވާ ފިހާރައިގެ އިތުރުން އައްޑޫ ސިޓީ މިފްކޯ ފިހާރައިގަ ކުރިއަށް ދާނެއެވެ.