ތުކުރީ އާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް އައި ބިން ހެލުމުގައި ގެއްލުންވި ފަރާތްތަކަށް އެހީވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާ މެދުވެރިކޮށް ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ ރާއްޖޭން ތުރުކީއާ ސީރިއާއަށް އެހީވަމުން އަންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނަށް މިހާރު އެމްފައިސާ މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެ ކަމަށެވެ.
އެމްފައިސާ އަކީ ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ފަސޭހަ ކަމާއެކު ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްލެޓްފޯމެކެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް މި ޕްލެޓްފޯމް މެދުވެރިކޮށް މިހާރު ފައިސާ ހަދިޔާ ކުރެވޭނެއެވެ.
އެމްފައިސާ މެދުވެރިކޮށް ފައިސާ ހަދިޔާ ކުރަން އެ އެޕްލިކޭޝަނަށް ލޮގިންވުމަށްފަހު، އުރީދޫއިން ހިއްސާ ކޮށްފައިވާ ކިޔުއާރު ކޯޑު ސްކޭން ކޮށްގެން ނުވަތަ އެމްފައިސާ އެކައުންޓް ނަންބަރު 9306501 އަށް ފައިސާ ޖަމާކޮށްލެވޭނެއެވެ.
އެމް-ފައިސާ ވޮލެޓަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ނަގުދު ފައިސާއިން ފައިސާ ޖަމާކުރެވޭނެއެވެ.
ތުރުކީއާއި ސީރިއާއަށް އައި ބިން ހެލުމުގައި އެތައް ހާސް އިމާރާތްތައް ވެެއްޓިފައިވާއިރު އޭގެ ދަށުވެފައި 30،000 އަށްވުރެ ގިނަ މީހުން ވަނީ މިހާތަނަށް މަރުވެފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!