ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ށ. ޅައިމަގުގައި ހަދާ ފެރީ ސްޓޮޕުގެ މަސައްކަތް ނިންމާލައިފިއެވެ.

މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ސްޓޮޕެކެވެ.

Ad
rt

މި ފެރީ ސްޓޮޕަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ.

މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ.

އާރުޓީއެލް ފެރީގެ ހިދުމަރް ހއ. އަދި ހދ. އަދި ށ. ގައި ވަނީ މިހާރު ރަސްމީކޮށް ފަށައިފައެވެ.

މީގެ އިތުރުން މިހާރު ޅ. އަތޮޅުގައި ވެސް މި ހިދުމަތް ވަނީ ރަސްމީކޮށް ފަށައިފައެވެ. އަދި މިއަހަރު އިތުރު އަތޮޅުތަކުގައިވެސް މި ހިދުމަތް ފަށާނެއެވެ.