ހުއްދަ ނުހޯދައި ގުޅިފަޅާއި ތިލަފުށި ފަޅުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި
ހުއްދަ ނުހޯދައި ކ. ގުޅިފަޅާއި ކ. ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަންގައިފިއެވެ. އެޗްޑީސީން ބުނީ ގުޅިފަޅާއި ތިލަފުށީ ފަޅުތެރޭގެ ސަރަޙައްދުގައި އެޗްޑީސީގެ ހުއްދަނެތި ބަހައްޓާފައިވާ ކަނޑު އުޅަނދުތަކާއި އެ ނޫންވެސް ތަކެތީގެ ސަބަބުން އެ ސަރަހައްދުގައި ހިންގުމަށް ރާވާފައިވާ އެކި މަޝްރޫއުތަކަށް ދަތިވަމުންދާ ކަމަށެވެ. މިއާއެކު މިހާރު އެ ކުންފުނިން ވަނީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި ތަކެއްޗާ...