އުރީދޫ މޯލްޑިވްސްއިން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04ރ. ބަހަން ފާސްކޮށްފިއެވެ.

އެކުންފުނީގެ ބޯޑުން މިއަދު ކަނޑައަޅައި އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ނިންމާފައިވަނީ މިދޔަ މަހުގެ 3 ވަނަ ދުވަހު ބޭއްވި ބޯޑުގެ ބައްދަލުވުމުގައެވެ. ހިއްސާއަށް ބަހާ ފައިސާގެ އަދަދު ފާސްކޮށްފައިވަނީ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

Ad
rt

މި ޖަލްސާގައި އެކުންފުނީގެ 125 ހިއްސާދާރުން ބައިވެރިވިއެވެ. އެގޮތުން، ހިއްސާއަކަށް 3.04ރ. ބަހަން ފާސްވީ ހިއްސަދާރުންގެ 87.96 އިންސައްތަ ވޯޓާއެކުއެވެ.

އުރީދޫއިން 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 2.70ރ. އެވެ.

ހިއްސާގެ ފައިދާގެ އިތުރުން އެކުންފުނި އޮޑިޓު ކޮށްފައިވާ މާލީ ބަޔާންތައްވެސް އަހަރީ އާއްމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

މިއަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިޒް ވޯޓާހައުސް ކޫޕާސް ހަމަޖެއްސުމަށް ވަނީ ފާސްކޮށްފައެވެ. އެކުންފުނި އޮޑިޓަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ 62،920 ޑޮލަރު ދިނުމަށް ފާސްކޮށްފައިވެއެވެ. މިދިޔަ އަހަރުވެސް އެކުންފުނި އޮޑިޓްކޮށްފައިވަނީ ޕްރައިޒް ފާމުންނެވެ.

އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓުތައް ދައްކާ ގޮތުގައި އަހަރު ނިމުނުއިރު އެ ކުންފުންޏަށް ވަނީ 500 މިލިއަން ރުފިޔާއަށްވުރެ ބޮޑު ފައިދާއެއް ވެފައެވެ.