ކުޅިވަރާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ތަރައްގީ ކުރަން ޔޫތު މިނިސްޓްރީއަށް ބިމެއް
ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ޔޫތު މިނިސްޓްރީއަށް އާބަންކޯއިން ހުޅުމާލެއިން ބިމެއް ދީފިއެވެ. ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، ޔޫތު މިނިސްޓްރީއާ ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަހުމަދު މަހުލޫފެވެ. އަދި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އާބަންކޯއިން ބުނީ ހުޅުމާލެއަކީ އާބަން ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަން ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި އެހެނިހެން ރިކްރިއޭޝަން ހަރަކާތް...