ޔޫތް މިނިސްޓްރީން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯ އިން ތަމްރީންވުމަށް 20 ފުރުސަތު ހުޅުވާލައިފިއެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދާނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. މި މުއދަތުގައު ބައިވެރިންނަށް ކޮންމެ މަހަކު އެލަވަންސެއްގެ ގޮތުގައި 7000 ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ބައިވެރިއަކަށް ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއްގެ ސެޓުފިކެޓެއް ވެސް ލިބޭނެއެވެ. އަދި ގްރެޖުއޭޓްވާ ކޮންމެ މީހަކަށް އެސްޓީއޯ އިން ވަޒީފާ ޔަގީންވާނެއެވެ.
އެސްޓީއޯ އިން ފުރުސަތު ހުޅުވާލާފައިވާ ދާއިރާތައް:
* ރެފްރިޖެރޭޝަން އެންޑު އޭސީ މެކޭނިކް: 5 ޖާގަ
* ރީޓެއިލް ސާވިސަސް: 6 ޖާގަ
* އިލެކްޓުރީޝަނުން: 4 ޖާގަ
* އޮޓޯމޯޓިވް މެއިންޓެނެންސް މެކޭނިކް: 5 ޖާގަ
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!