ސ. ހުޅުމީދޫގައި ހަދަމުން އަންނަ މިފްކޯ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއްގަމުތޮށިގެ މަސައްކަތް ނިންމާލައިފިއެވެ.
ޕްލޭނިން މިނިސްޓްރީން މި މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 30 އޮކްޓޯބަރު 2019ގައެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާއިރު އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 76 އިންސައްތަ މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި އައު ހާބަ ޗެނަލް ފުންކުރުމުގެ 86 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ އެންކަ ޕައިލް ހަރުކުރުމާއި އޭގެ ކޮންކްރީޓް މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 471،380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 1،788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެއެވެ.
މިއީ 68.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!