މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,049 Stories
2,792 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

މޫލީއިން ވާވޭ ވޮޗް ބަޑްސް ލިބެން ހުންނާނެ، ޑެލިވަރީ ހިލޭ!
Business

މޫލީއިން ވާވޭ ވޮޗް ބަޑްސް ލިބެން ހުންނާނެ، ޑެލިވަރީ ހިލޭ!

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް، މޫލީއަށް ވާވޭ ވޮޗް ބަޑްސް ތައާރަފުކޮށްފިއެވެ. މޫލީއިން ވޭވޭ ވޮޗް ބަޑްސް ވިއްކަނީ 6،999 ރުފިޔާ އަށެވެ. މޫލީ މެދުވެރިކޮށް ބަޑްސް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. “މި ހާއްސަ އަގުގައި ކަސްޓަމަރުންނަށް ބައްލަވައިގަތުމުގެ ފުރުސަތު 22 އޭޕްރީލް 2023 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި،” އުރީދޫން ބުންޏެވެ. ވާވޭ ވޮޗްސް ބަޑްސް http://ore.do/watchbuds މެދުވެރިކޮށް ގަނެވެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ. ވާވޭ ވޮޗް ބަޑްސް […]

ކުޅުދުއްފުށީގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެ!
Thiladhunmathi News

ކުޅުދުއްފުށީގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެ!

އުރީދޫ މޯލްޑިވްސްއިން ބާއްވާ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ 11:59 އަށް ހަމަވާތީ ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ހަނދުމަކޮށްދީފިއެވެ. މިފަހަރުގެ ފަން ރަން ބާއްވަނީ ކުޅުދުއްފުށި ސިޓީގައެވެ. ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހުއެވެ. މި ފަން ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް http://ore.do/funrunkit މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ ކަމަށެވެ. ފަން ރަން އަކީ އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވޭނެ ހަރަކާތެކެވެ. މިއަހ...

އަލިރަސްގެފާނު ޒިޔާރަތުގެ އާބާތުރަ ފިލުވަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި
Business

އަލިރަސްގެފާނު ޒިޔާރަތުގެ އާބާތުރަ ފިލުވަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ބެލެހެއްޓުމަށް، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާ މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެމްޑަބްލިއުއެސްސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހެވެ. އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މަރުކަޒުގެ އިސްވެރިޔާ، އަދި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މ...

ދިގުރަށުގެ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

ދިގުރަށުގެ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

އދ. ދިގުރަށުގެ ބަނދަރު ތަރައްގޫ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް. މި މަޝްރޫއުގެ ދަށުން، 64,416 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 6,770 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 294 މީޓަރުގެ އެއްގަމުތޮށި ލުމ...

ކަމަދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ
Business

ކަމަދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ 54 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންދެވިފައެވެ. މި މަޝްރޫއުގެ ދަށުން، 30,933 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 5,085 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ...

މާފުށީ ބަނދަރުގެ މަސައްކަތަށް ސައިޓް މޮބިލައިޒް ކޮށްފި
Business

މާފުށީ ބަނދަރުގެ މަސައްކަތަށް ސައިޓް މޮބިލައިޒް ކޮށްފި

ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ހޮނިހިރު ދުވަހު ވަނީ ސައިޓް މޮބިލައިޒްކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 28,836 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4,414 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން...

ގުޅީ ބިން ހިއްކުމަށް ތައްޔާރުވެއްޖެ
Business

ގުޅީ ބިން ހިއްކުމަށް ތައްޔާރުވެއްޖެ

ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 940 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 362 މީޓަރ...

ހިތާދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް
Business

ހިތާދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް

ބ. ހިތާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ، ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ. މި މަޝްރޫއުގެ ދަށުން، 7،800 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައިގެން ގޮނޑުދޮށް ހެދުމާއި، 610 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް...

ވ. ތިނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
Business

ވ. ތިނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ވ. ތިނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ، ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ. މި މަޝްރޫއުގެ ދަށުން، 12،800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 77 މީޓަރުގެ ބޭރުތޮށި ލުމާއި، 482 މީ...

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 521 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
Business

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 521 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އާބަންކޯއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގެ ލޮޓް ނަންބަރު 20243 ގައި ޤާއިމު ކުރެވޭ މި މިސްކިތަކީ 11،643.74 އަކަފޫޓުގެ ޖާގައި ގައި ޤާއިމު ކުރެވޭ މިސްކިތެކެވެ. މި މިސްކިތުގައި 3 ފަންގިފިލާ ހުންނަ އިރު، 521 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ. އާބަންކޯ ގައި ބޭއްވި […]

ހުޅުމާލޭގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވައިފި
Business

ހުޅުމާލޭގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވައިފި

މަޝްހޫރު ފްރާންޗައިޒް، ކޭއެފްސީގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވާލައިފިއެވެ. މި އައުޓްލެޓް ހުޅުވާފައިވަނީ ހުޅުމާލެ ފުރަތަމަ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައެވެ. އާބަން ކޯއިން އަންނަނީ ހުޅުމާލެއަށް ތަފާތު ބައިނަލްއަގުވާމީ ފްރާންޗައިޒްތައއ ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕިއއޒާ ހަޓްގެ އައުޓްލެޓެއްވެސް މިހާރު ވަނީ ހުޅުމާލޭގައި ހުޅުވާފައެވެ. ކޭއެފްސީގެ އައުޓްލެޓުތައް މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ހުރެއެވެ. ހުޅުމާލެ ތަރައްގީކޮށް، ތަފާ...

މާއުނގޫދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

މާއުނގޫދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 32 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ […...

އުރީދޫ ބޮކި ބޯޅަ މުބާރާތް ކާމިޔާބުކޮށް ޓީމު ''ށ'' އަށް 20،000ރ.
Sports

އުރީދޫ ބޮކި ބޯޅަ މުބާރާތް ކާމިޔާބުކޮށް ޓީމު ''ށ'' އަށް 20،000ރ.

އުރީދޫ މޯލްޑިވްސް އިން ރޯދަމަހަށް ހާއްސަކޮށްގެން ބޭއްވި އުރީދޫ ބޮކި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ޝަވިޔަނިން ހޯދައިފިއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ މި މުބާރާތުގެ ފައިނަލް ކުޅެފައިވާ އިރު، މުބާރާތުގެ ޗެމްޕިއަންކަން ޓީމް ޝަވިޔަނިން ހޯދާފައިވަނީ ޓީމް ބްރޯލާޒްއާ ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވަނަ ހޯދި ޓީމުތަކަށް މެޑަލް އާއި ތަށީގެ އިތުރުން ފައިސާގެ އިނާމުގެ ރަމްޒީ ލިޔުން ހަވާލު ކޮށްދެއްވީ މާޒިޔާ ސްޕޯޓްސް ކްލަބުގެ ވައިސް […]

ހަނިމާދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި
Business

ހަނިމާދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ހދ. ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 19،870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 6،525 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 310 މީޓަރުގެ އެއްގަމުތޮށި ލުމާއި 704 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ...

އާބަންކޯ ކޮމިއުނިޓީ ރޯދަވީއްލުން މިއަހަރު އޯޓިޒަމް ސެންޓަރުގެ ކުދިންނާއެކު
Business

އާބަންކޯ ކޮމިއުނިޓީ ރޯދަވީއްލުން މިއަހަރު އޯޓިޒަމް ސެންޓަރުގެ ކުދިންނާއެކު

އާބަންކޯގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮމިއުނިޓީ ރޯދަ ވީއްލުން މިއަހަރު އޯޓިޒަމް ސެންޓަރުގެ ކުދިންނަށް ބާއްވައިފިއެވެ. އެ ކުންފުނިން ކޮންމެ އަހަރަކު “ކޮމިއުނިޓީ” ރޯދަ ވީއްލުން ބާއްވަނީ ބަދަހި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުންނެވެ. މިއަހަރުގެ ރޯދަވީއްލުމުގައި އޯޓިޒަމް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ 192 ކުދިންނާއި އެ ކުދިންގެ ބެލެނެވެރިން އަދި 40 މުވައްޒަފުންނަށް ދައުވަތު ދީފައިވެއެވެ. ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ރޯދަ ވީއްލުމުގައި ރޮބޯމޭންގެ ހަރަ...