ވޭތުވެ ދިޔަ އަހަރެކޭ އެއްފަދައިން، ގޭގައި ތިބެގެން ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ ފަހިކޮށްދީފައެވެ. މިއަދަކީ ފިތުރު ޒަކާތް ދައްކާ އެންމެ ފަހު ދުވަހަށް ވާއިރު އެމް ފައިސާއިން ފަސޭހަ ކަމާއެކު ޒަކާތް ދައްކާލެވޭނެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދައްކަން އެމް-ފައިސާ އަށް ލޮގިން ކުރުމަށްފަހު http://ore.do/zakat ޒަކާތް ދެއްކެވުމަށް ބޭނުންވާ ބާވަތް އިޚްތިޔާރުކޮށް، ފައިސާ ދައްކާ ފަރާތުގެ މަޢުލޫމާތު ފުރިހަމަކޮށް، އެމް-ފައިސާ ޙިޔާރު ކުރުމަށްފަހު، ވޮލެޓް ނަންބަރު ޖަހައި ޕޭމަންޓް ހަދާލެވޭނެއެވެ.

Ad
rt

އެމް.ފައިސާ މެދުވެރިކޮށް މި ރޭ 11:59 އާއި ހަމައަށް ޒަކާތް ދެއްކޭނެއެވެ.

ޒަކާތުގެ އިތުރުން، މި ރަމަޟާންމަހު އުރީދޫ އިން މިޝަން ފޮ މައިގްރަންޓް ވޯކާރސް އާއި ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް އެމް-ފައިސާ މެދިވެރިކޮށް ރޯދަ ވިއްލުމެއް ހަދިޔާ ކުރެވޭނެ ގޮތްވެސް ފަހި ކޮށްދީފައެވެ. ރޯދަވިއްލުން ސަދަގާތް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 19 އޭޕްރިލް 2023 ވަނަ ދުވަހުގެ 11:59 އާއި ހަމައަށް އިފްތާރު ހަދިޔާ ކުރުމަށް ވެސް ފައިސާ ދައްކާލެވޭނެއެވެ. ހަދިޔާ ކުރާ އިފްތާރް ޕެކްގެ އަގަކީ 50ރ އެވެ.

މީގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ކެންސަ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ. އެމް-ފައިސާގެ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުމާއި އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުމާއި، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުންވެސް ހިމެނެއެވެ

ހުރިހާ ނެޓްވޯކެެއްގެ ކަސްޓަމަރުންނަށްވެސް އެމް-ފައިސާ ބޭނުން ކުރެވޭނެއެވެ.