އުރީދޫ މޯލްޑިވްސްއިން މާލެ ސިޓީ ކައުންސިލާ ގުޅިގެން ކިންގް ސަލްމާން މިސްކިތް ކުރިމަތީ އީދު ސައެއް ބާއްވަން ނިންމައިފިއެވެ.

“އުރީދޫ ޢީދު ސައި“ ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އީދު ނަމާދަށްފަހު ކިންގް ސަލްމާން މިސްކިތް ކުރިމަތީގައެވެ.

Ad
rt

އުރީދޫ އީދު ސައިގައި ބައިވެރިވާ ފަރާތްތަކަށް އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި އީދު ދުވަހުގެ ނާސްތާ ލިބޭނެއެވެ.

މި ހަރަކާތަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި އެއްތަނަކުން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އުރީދޫއިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެހެން އަހަރުތަކާއެއްގޮތަށް މިއަހަރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ.