މާފަރާއި މިލަދޫގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ފަށައިފި
ބޭންކް އޮފް މޯލްޑިވްް (ބީއެމްއެލް) އިން ނ. މާފަރު އަދި ނ. މިލަދޫގައި ސެލްފް ސާވިސް ބޭންކިން، އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފިއެވެ. ބީއެމްއެލުން ބުނީ އެ ދެ ރަށުގައި ގާއިމްކުރި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. ނ. އަތޮޅުގެ އެ ދެ ރަށުގެ އިތުރުން ބީއެމްއެލުން ދަނީ އެ އަތޮޅުގެ މަނަދޫ، ކެނދިކުޅުދޫ، […]