އާބަންކޯއިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ކޮންޓެއިނަ ޕާކުން ދެ ކޮމާޝަލް ސްޕޭސް ދޫކުރުމަށް ހުޅުވާލައިފިއެވެ.

ކޮންޓެއިނަ ޕާކުން ދޫކުރުމަށް ހަމަޖެހިފައިވަނީ އެތަނުގެ ގްރައުންޑް ފްލޯގައި ކެފޭ އަދި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ކަމަށް އާބަންކޯއިން ބުންޏެވެ. އެގޮތުން، މި ތަންތަން ހިންގުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މި މަހުގެ 28 ގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.

Ad
rt

އާބަންކޯއިން ބުނި ގޮތުގައި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ދޫކުރަން ހަމަޖެހިފައި ވަނީ 1188 އަކަފޫޓުގެ ކޮންޓެއިނާއެކެވެ. އަދި ކެފޭ ހިންގުމަށް ދޫކުރަން ނިންމާފައި ވަނީ 1165 އަކަފޫޓުގެ ކޮންޓެއިނާއެކެވެ.

މި ދެތަން ވެސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަކަށެވެ. ފުރަތަމަ އަހަރު 2 އެތަނުގެ ކޮންމެ އަކަފޫޓަކަށް 15ރ ގެ ރޭޓުން ކުލި ނަގާން ނިންމާފައިވާއިރު ބާކީ 4 އަހަރު އަކަފޫޓަކަށް 25ރ ގެ ރޭޓުން ކުލި ނަގަން ނިންމާފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ.

މި ކެފޭ އާއި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000ރ ދައްކަން ޖެހޭނެއެވެ.

ރެޑްވޭވް މެގަމޯލް ފަހަތުގައި ހަދާފައިވާ ކޮންޓެއިނާ ޕާކުގައި ޖުމްލަ 5 ތަނެއް ހިންގުމަށް ވަނީ ނިންމާފައެވެ. އެއީ މިހާރު ދޫކުރުމަށް ހުޅުވާލާފައިވާ ކެފޭ އަދި ފާސްޓް ފުޑް އައުޓްލެޓްގެ އިތުރަށް 2 ކޯ ވޯކިން ސްޕޭސްއާއި ކޮލެބޮރޭޓިވް ރޫމެކެވެ.