ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށަން ގައުމީ އެއާލައިން، މޯލްޑިވިއަނުން ތައްޔާރުވެއްޖެއެވެ.

އެ އެއާލައިނުން ބުނެފައިވާ ގޮތުގައި މި ދަތުރުތައް ފަށާނީ މި މަހުގެ 30ގައެވެ. އެގޮތުން، ކޮންމެ ރެއަކު މާލެއާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުތައް އޮންނާނެ ކަމަށް ބުންޏެވެ.

Ad
rt

މޯލްޑިވިއަނުން ބުނީ މާލެއިން ކުޅުދުއްފުއްޓަށް ދަތުރުތައް އޮންނާނީ ކޮންމެ ރެއަކު 6:50 ގައި ކަމަށެވެ. އަދި ކުޅުދުއްފުށިން މާލެއަށް ދަތުރުތައް އޮންނާނީ ރޭގަނޑު 8:15 ގައެވެ.

ކުޅުދުއްފުށީ އެއާޕޯޓު ހުޅުވި ނަމަވެސް އެ އެއާޕޯޓުގައި ރޭގަނޑު ދަތުރުކުރެވޭގޮތަށް ލައިޓް ހަރުކޮށްފައި ނެތުމުން ރޭގަނޑު ދަތުރު ނުކުރެވެއެވެ. މިއީ އެ އެއާޕޯޓަށް ދަތުރު ކުރާ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

މި ލައިޓުތައް ހަރުކޮށް މިދިޔަ ހަފުތާގައި އެ އެއާޕޯޓަށް ޓެސްޓް ފްލައިޓު ވަނީ ޖައްސާފައެވެ.