މަންމައިންގެ ދުވަހާ ގުޅުވައިގެން އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޝެރީ ސެލޫން އެންޑް ސްޕާއިން ހާއްސަ ޑިސްކައުންޓެއް ދޭން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހަުގެ ނިޔަލަށެވެ. އެގޮތުން ޝެރީން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް 20 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ.

Ad
rt

މި ޕްރޮމޯޝަންގެ ދަށުން ކްލަބް ޕްރޮމިއާ ކަސްޓަމަރުންނަށް ހޯދޭ ހިދުމަތްތަކުގެ ތެރޭގައި ހައިޑްރަ ފޭޝަލް އާއި ހޭއާ ހައިލައިޓްސް އާއި ކެރަޓިން ރިބޮންޑިން އާއި ޑެމޭޖް ހެއާ ޕްރޮޓީން ޕެކްސް އާއި ކޮސްމެޓިކްސް ފޯ ފޭސް މެއިންޓެނެންސް ހިމެނެއެވެ.

ކްލަބް ޕްރިމިއާ ކަސްޓަމަރުން އެ ފަރާތްތަކުގެ ޕްރިމިއާ ކާޑު ދައްކާލުމުން މި ޑިސްކައުންޓް ލިބިގެންދާނެއެވެ.

އުރީދޫ އިން އެކި ދުވަސްތަކާ ދިމާކޮށް އެ ކުންފުނީގެ ކްލަބް ޕްރޮމިއާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތައް ކުރިއަށްގެންދެއެވެ.