ވަޢުދުތައް ނުފުއްދޭނަމަ ''ޕޮއްޖަހާފައި'' ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނަން: ސަމީރު
ޮމިސަރުކާރުން ކުޅުދުއްފުށީ ސިޓީއަށް ވެފައިވާ ވަޢުދުތައް ނުފުއްދޭ ނަމަ ”ޕޮއްޖަހާފައި” ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް، ޕީޕީއެމް ކުޅުދުއްފުށި ސްޓެއަރިންގ ކޮމެޓީގެ ރައީސް އަހުމަދު ސަމީރު ބުނެފިއެވެ. ސަމީރު މިހެން ބުނީ، ކުޅުދުއްފުށީ ސިޓީގައި ރޭ އިދިކޮޅު ޕްރޮގްރެއްސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ ”އެހޭ ހޮށް، މިވަރުން ފުދިއްޖެ” ޖަލްސާގައި ބައިވެރިވެ، ދެއްކި ވާހަކާގައި އެވެ. އޭނާ ބުނީ، ރައީސް ޔާމީނު ކުޅުދުއްފުށީ ރައްޔިތުންނަށް ވައުދުވި، 18 މަގު ރަނގަޅު ފެންވަރަކަށް ތާރުއަޅައި ހަދައިދީފައި...