މިފެށޭ، 2021 ވަނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.
މިގޮތުން، އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށްދޭގޮތަށް ހަމަޖައްސައި، ކޯޓާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނެ ގަޑިތައް ފެމިލީ ކޯޓުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
މިކަންހާމަކޮށް އެ ކޯޓުން ކުރި ޢިއުލާންގައި ބުނީ، އަންނަ އަހަރު ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނިކޮށްދޭނީ ހެނދުނު 8:30 އިން 11:30 އަށްކަމަށެވެ. އަދި މެންދުރު ކައިވެނިކޮށް ދޭނީ 13:00 އިން 13:45 އަށް ކަމަށެވެ.
ނުރަސްމީ ގަޑީ ކޯޓުގައި ކައިވެނި ކޮށްދޭނީ ހަވީރު، 16:00 އިން ފެށިގެން ރޭގަނޑު 21:30 އަށް ކަމަށް އެ ކޯޓުން މިއަދު ކުރި ޢިއުލާންގައި ވަނީ ބުނެފައެވެ.
ކޯޓުން ބޭރުގައި ކައިވެނި ކުރުމަށް އެ ކޯޓުން އަންނަ އަހަރު އަމަލުކުރާނެ ގޮތެއްކަމަށް ބުނެފައި ވަނީ، އޭޕްރީލް 13 އިން މެއި 19 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 21:45 އިން 22:45 އަށް ކަމަށެވެ. އަދި ޖުލައި 16 އިން ޖުލައި 27 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 20:00 އިން 21:00 އަށް ކަމަށް ފެމެލީ ކޯޓުން ބުނެއެވެ.
މިނޫން ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނިކޮށްދެނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 21:30 އަށް ކަމަށްވެސް އެ ކޯޓުން ވަނީ ހާމަކޮށްފައެވެ.
ފެމެލީ ކޯޓުން ބުނެފައިވާ ގޮތުގައި، އަންނަ ރަމަޟާން މަހު ރަސްމީގަޑީގައި ކައިވެނިކޮށްދޭނެ ގަޑިތައް ފަހުގެ ތާރީޚެއްގައި އެ ކޯޓުން ޢިއުލާން ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!