މިހާތަނަށް ހަ ލައްކަ ފަތުރުވެރިން ރާއްޖެ އައިސްފި
މި އަހަރުގެ މިހާތަނަށް ހަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ތަފާސްހިސާބުތައް ދައްކާގޮތުގައި މި މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 600252 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީމިދިޔަ އަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު އަށް އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމާއި ދުނިޔޭގެ ޓޫރިޒަމް މަޑު ޖެހިފައި އޮތުމުގެ ސަބަބުން ރާއްޖެއަށް އަ...