މާލީ މައުލޫމާތު ހާމަކުރުމުގައި ރާއްޖެއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފް އިން އާންމުކޮށްފައިވާ "ފިސްކަލް ޓްރާންސްޕޭރެންސީ ރިޕޯޓު" ގައި ބުނެފައިވާ ގޮތުން ރާއްޖެއަށް ދީފައިވަނީ މާލީ މައުލޫމާތުތައް ދެފުށްފެންނަ ގޮތަކަށްއާންމުކުރުމުގައި، މާލީ މުއާމަލާތްތައް ފޯކާސްޓު ކުރުމާއި ބަޖެޓު އެކުލަވާލުމުގެ މަސައްކަތްތައް "އެޑްވާންސްޑް" ލެވެލް އެވެ. މިއީ މާލީ މައުލޫމާތު ހާމަކުރުމުގެ އެންމެ މަތީ ދަރަޖަ އެވެ.
މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން ކޮންމެ ހަފްތާއަކު މާލީ މުއާމަލާތްތައް އާންމުކުރާތީ “ޕާފޯމެންސް” ރިޕޯޓުތައް އާންމު ކުރުމަށް ވެސް އެ އިދާރާއިން އިން ވަނީރާއްޖެއަށް އެންމެ މަތީ ދަރަޖަ ދީފައެވެ.
ރާއްޖޭގެ މާލީ މައުލޫމާތުތައް ހިމެނޭ ރިޕޯޓުތަކުގައި ސަރުކާރުގެ އާންމު ހަރަދުތަކާއި ބަޖެޓާ ގުޅޭ މައުލޫމާތުތައް ހިމެނޭއިރު އައިއެމްއެފް އިން ވަނީ ކޮންމެ އަހަރެއްގެ ފައިނޭޝަލް ސްޓޭޓްމެންޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފައެވެ. އެހެން ކަމުން އިންޓަނޭޝނަލް ރިޕޯޓިން ސްޓޭންޑާޑްތަކާ އެއްގޮތަށް އެ މައުލޫމާތުތައް އާންމުކުރުމަށް އެއިދާރާއިން ވަނީ އެދިފައެވެ.
އައިއެމްއެފް އިން ބުނީ މާލީ މައުލޫމާތުތައް މެނޭޖުރުމާއި އެނަލައިޒް ކުރުމުގައި މިހާރަށްވުރެ ރަނގަޅު ނިޒާމެއް ބޭނުންވާ ކަމަށެވެ. އެގޮތުން އާމްދަނީ ޓޫރިޒަމް ދާއިރާއަށް ބަރޯސާވާ ވަރު ކުޑަކުރުމާއި އާމްދަނީ މެނޭޖްކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އެއިދާރާއިން ވަނީ ލަފާ ދީފައެވެ.
ރާއްޖެއަކީ ކޯވިޑް-19ގެ ރިޕޯޓުތަކާއި އެހެން މާލީ ރިޕޯޓުތައް ހާމަ ކުރާ ގައުމުތަކުގެ ތެރެއިން އެންމެ ހާމަކަން ބޮޑުގޮތެއްގައި މައުލޫމާތު ހާމަ ކުރާ އެއް ގައުމެވެ. ރާއްޖޭގެ މާލީ ރިޕޯޓުތައް ހުންނަނީ ކޮންމެ މީހަކަށް ވެސް ބަލާލެވޭގޮތަށް ވެބްސައިޓުތަކުގައި ޝާއިރު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!