އެސްޓީއޯގެ ގޮދަން ފުށް ބަންދު ކުރާ ފެކްތްރީގައި ތަފާތު ބާވަތްތަކުގެ ފުށް ތައްޔާރު ކުރާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިހެން ވިދާޅުވީ އެކި މާއްދާ އެކުލެވޭ ފައިދާ ހުރި ފުށް އެސްޓީއޯގެ ކާރުޚާނާއިން އުފައްދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.
އަމްރު ވިދާޅުވީ އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި، ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވަތްތަރުގެ ފުށް އެފެކްޓްރީން ރާއްޖޭގެ ބާޒާރަށް ނެރޭނެ ކަމަށެވެ. އަދި ރާއްޖެގައި މިގޮތަށް ގޮދަށް ފުށް އުފައްދަން ފެށުމުގެ ސަބަބުން ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ދެމެހެއްޓުމަށްމަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމްރުގެ މިޓުވީޓަށް ޑރ. ފައިސަލް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
އެސްޓީްޯ ގޮދަން ފުށް ފެކްޓްރީއަކީ ރާއްޖޭގައި ކާނާގެ ޔަޤީންކަން ފޯރުކޮށްދިނުމަށް އެސްޓީއޯއިން އަޅާ ފެކްޓްރީއެކެވެ. އެ ކުންފުނިން ގޮދަށް ފުށް ބަންދު ކުރުމަށްނިންމާފައިވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ޤާއިމު ކުރާ ކާރުޚާނާގައި ތައްޔާރުކޮށް ބަންދު ކުރާ ގޮތަށެވެ.
އެސްޓީއޯއިން ބުނީ، މިފެކްޓަރީގެ ސަބަބުން ކާޑު އެތެރެކުރުމަށް ކުރަން ޖެހޭ ހަރަދު ކުޑަވާނެ ކަމަށެވެ. އަދި ފުށް ރައްކާކޮށްފައި ބެހެއްޓޭ މުއްދަތުވެސް އިތުރުވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!