މި އަހަރުގެ މިހާތަނަށް ހަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ތަފާސްހިސާބުތައް ދައްކާގޮތުގައި މި މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 600252 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީމިދިޔަ އަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު އަށް އިންސައްތަ އިތުރު އަދަދެކެވެ.

Ad
rt

މިދިޔަ އަހަރު ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމާއި ދުނިޔޭގެ ޓޫރިޒަމް މަޑު ޖެހިފައި އޮތުމުގެ ސަބަބުން ރާއްޖެއަށް އައިސްފައިވަނީ 555494 ފަތުރުވެރިންނެވެ.

މަހުން މަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިމަހުގެ މިހާތަނަށް ރާއްޖެއަށް ވަނީ ފަތުރުވެރިން އައިސްފައެވެ. މިއަދަދަކީ ހުސްވި މަހުރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 56166 ފަތުރުވެރިންނާއި އަޅާ ބަލާއިރު 59.9 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ މެއި މަހުތެރޭގައި ރާއްޖެއަށް ފަތުރުވެރިން އައި އަދަދަށްވުރެއްވެސް މިމަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން މި މަހުގެމިހާތަނަށް 89703 ފަތުރުވެރިން އައިއިރު މެއި މަހު ރާއްޖެއަށް އައީ 64613 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 140824 ފަތުރުވެރިންއައިސްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އިންޑިއާއިން މިހާތަނަށް 99643 ފަތުރުވެރިންވަނީ އައިސްފައެވެ.