ތިލަދުންމަތީ ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއާޕޯޓުގެ މަސައްކަތް ވެސް ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިމަސައްކަތް ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

Ad
rt

މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިއަހަރުގެ ޖޫން މަހުގެ 30ގައެވެ. މި މަސައްކަތް ނިންމަން 360 ދުވަހުގެ މުއްދަތެއް އެ ކުންފުންޏަށް ވަނީ ދީފައެވެ.

މިއީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރާނެއެވެ.