ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އަރައި މިއަދުގެ ދަތުރުތައް ކެންސަލްކޮށްފިއެވެ.

“ތިލަދުން” އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު އޮތް ހުރިހާ ދަތުރެއް ވަނީ މާދަމާއަށް ފަސްކޮށްފައެވެ. ދަތުރުތައް ކެންސަލް ކުރީ މިއަދު ކުރި ވިއްސާރައިގެ ސަބަބުން އެއާޕޯޓުގެ ރަންވޭއަށް ވެލި އެރުމުގެ ސަބަބުންނެވެ.

Ad
rt

މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ މެއި މަހުވެސް އެއާޕޯޓަށް ގެއްލުންވެ ދަތުރުތައް ވަނީ މެދުކަނޑާލައިފައެވެ. މި ދަތުރުތައް އަލުން ފެށީ މިދިޔަ މަހުއެވެ.

ހޯރަފުށީ އެއާޕޯޓަކީ މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓެވެ. މި އެއާޕޯޓު ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 19ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މި އެއާޕޯޓު ހަދަން 198 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާއިރު، އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީތަރައްގީކޮށްފައެވެ.