ފޯނުތަކުގައި ސީޕޮޓު ޗާޖަރު ބޭނުން ކުރެވޭގޮތް ހަދަން މަޖުބޫރު ކުރަން ހުށަހަޅަނީ
ހުރިހާ ފޯނުތަކާއި އެހެން އިލެކްޓްރޯނިކްތަކުގައި ސީޕޮޓުގެ ޗާޖަރު ބޭނުން ކުރެވޭ ގޮތް މަޖުބޫރު ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ބޮޑީއެއް ކަމަށްވާ ޔޫރަޕިއަން ކޮމިޝަނުން ނިންމައިފިއެވެ. އެ ޖަމިއްޔާ ހުށަހަޅާ މި ބަދަލާއެކު އެޕަލް ބްރޭންޑުތަކުގެ އުފެއްދުންތަކުގެ ޗާޖަރުތައް ވެސް ސީޕޮޓަށް ބަދަލު ކުރަން ޖެހޭނެއެވެ. މިހާރު އެޕަލް ނޫން އެހެން ހުރިހާ ބްރޭންޑުތަކުގެ ބައެއް އުފެއްދުންތަކުގައި ސީޕޮޓު ޗާޖަރު ބޭނުން ކުރެއެވެ. ޔޫރަޕިއަން ކޮމިޝަނުން ބުނިގޮތުގައި މިއީ އިސްރާފު ކުރުން މަދު ކުރުމަށް ގެންނަ ބަދަލެއް...