ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ތިބި ކުދިން ފުޓުބޯޅަ ކުޅެން ބޭނުންވާ ސާމާނު ވެމްކޯއިން ހަދިޔާ ކޮށްފިއެވެ.
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ވެމްކޯއިން ހަދިޔާ ކުރީ ފުޓުބޯޅަ އާއި ކޯންސް އާއި ބިބްތަކާއި މާކަރާއި މެޑިކަލް ކިޓެވެ.
މިއީ ފިޔަވަތީގައި ފަށާ ފުޓުބޯޅަ ޓްރެއިނިން އަށް ވަރަށް ބޮޑު އެހީއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ވަނީ ވެމްކޯއިން ވެދެއްވި އެހީއަށް ޝުކުރު އަދާ ކޮށްފައެވެ.
މިއީ ވެމްކޯއިން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދިން އެހީތެރިކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!