ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ޖެޓްސްކީގައި ދަތުރުކުރުމަށް "ޖެޓްސްކީ ޓޫއާ 2021"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 27 އަށެވެ.

Ad
rt

މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާނެ ހަ މީހަކު ހަމަޖެހިފާވާއިރު ދަތުރުގެ ތެރެއިން އެފަރާތްތަކުގެ ހާއްސަ ހަރަކާތްތަކެއް ދައްކާލުމަށް ވެސް ވަނީ ރާވާފައެވެ. މިގޮތުން މި ދަތުރުގެ ތެރެއިން ރާއްޖޭގެ 20 ރަށަކަށް ދަތުރު ކޮށް ހަތަރު ރަށެއްގައި މަޑުކުރުމަށް ނިންމާފައިވާއިރު އެމްއެންޑީއެފްް އިން ވަނީ ދަތުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައެވެ.

މި ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ބުނެފައިވާގޮތުގައި މިއީ ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނުން ފެށިގެން އެންމެ ދެކުނު، ގަމަށް ދަތުރުކޮށް ދުނީޔޭގެ ރިކޯޑެއް ހެދުމުގެ އުއްމީދު ކުރިއަށް ގެންދާ ހަރަކާތެކެވެ.