މިދިޔަ ހޯމަ ދުވަހު ސޫދާނުގައި ގެންނަން އުޅުނު ބަގާވާތް ކުވައިތުން ކުށްވެރިކޮށްފިއެވެ.

ކުވައިތުގެ ފޮރިން އެފެއާސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޫދާނުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަރް ބަލައިގަންނަ ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅަން ރާވާ ހުރިހާ ކަމަކާ ދެކޮޅު ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައި ވެއެވެ.

Ad
rt

ސޫދާނުގައި އޮތް ސަރުކާރު ވައްޓާލުމަށް ގެންނަން އުޅުނު ބަގާވާތެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް، އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން މިއަދު ބުނެފައިވެ އެވެ.

ސޫދާންގެ ޑިފެންސް މިނިސްޓަރު ލުޓެނެންޓް ޖެނެރަލް އިބްރާހިމް ޔަސީން ވަނީ ހޯމަ ދުވަހު ބަގާވާތެއް ހުއްޓުވާފައިވާކަން ބޭރު ގައުމުތަކަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި ބަގާވާތްކުރަން އުޅުނު މީހުން ހައްޔަރުކޮށް މިހާރު ވަނީ ތަހުގީގު ފަށައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސޫދާނުގައި މިހާރު ވެރިކަން ކުރަމުން އަންނަނީ، މަދަނީންނާއި އަސްކަރިއްޔާގެ ގުޅިގެން އުފައްދާފައި އޮތް ސަރުކާރަކުންނެވެ. އެ ސަރުކާރުން ވެރިކަން ކުރި ފަހުން، އިގްތިސާދީ ގޮތުންނާއި ސަލާމަތީ ގޮތުން ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ސޫދާންގެ ސަރުކާރުގެ ނޫސް އޭޖެންސީން ބުނެފައުވާގޮތުގައި، ބަގާވާތްކޮށް ސަރުކާރު ވައްޓާލަން އުޅުނީ ސިފައިންގެ އޮފިސަރުންތަކެކެވެ. އެގޮތުން ބަގާވާތާ ގުޅިގެން ހައްޔަރުކުރި ސިފައިންގެ ތެރޭގައި އެންމެ މަތީ ރޭންކުގައި ހިމެނޭ ބައެއް އޮފިސަރުން ވެސް ހިމެނޭ ކަމަށް އެ ނޫސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ.