މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ގުޅިގެން ރަސްފަންނުގެ ފެން ތަހުލީލް ކުރަން ފަށައިފިއެވެ.
އީޕީއޭއިން ބުނި ގޮތުގައި ރަސްފަންނަށް މިދިޔަ ހަފުތާގައި އެޅިފައި ހުރި ތެޔޮ މިހާރު ވަނީ ނަގައިފައެވެ. ނަމަވެސް އަލުން އެ ސަރަހައްދު ހުޅުވޭނީ ތަހުލީލުތައް ހަދާފައި ކަމަށް އެ އިދާރާއިން ބުންޏެވެ.
އެ އިދާރާއިން ބުނިގޮތުގައި ރަސްފަންނުގެ މޫދު ރައްކާތެރިތޯ މިހާރު ދަނީ އެމްޑަބްލިއުއެސްސީއާ ގުޅިގެން ބަލަމުންނެވެ. އެގޮތުން މިހާރު ބަލަނީ މޫދުގައި ހައިޑްރޯ ކާބަން ހުރި ވަރެވެ.
އެމްޑަބްލިއުއެސްސީއަކީ ފެން އުފައްދައި ފެނުގެ ނިޒާމް ގާއިމް ކުރާ ކުންފުންޏަކަށްވުމުން ފެން ތަހުލީލު ކުރާ ސާމާނު އެކުންފުނީގައި ހުންނާނެއެވެ.
ރަސްފަންނު މޫދުގެ ފެން ތަހުލީލު ކުރަން އެކި ފަހަރު އެ ކުންފުނިން އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!