މުޅި ރާއްޖެއަށް މަގުބޫލު ބްރޭންޑެއް ކަމުގައިވާ ހިޓާޗީއަށް ހާއްސަކޮށްގެން އެސްޓީއޯއިން ''ހަމަ ހިޓާޗީ'' ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ފަށާއިފައިވަނީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ކުޑަ ހަފުލާއެއްގައެވެ. އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ.

Ad
rt

މި ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަ މެޝިނާއި، އެއާޕިޔުރިފަޔާ އާއި ޓީވީ އާއި ޕަންޕާއި ވެކްޔުމް ކުލީނާ، އާއި ރައިސްކުކަރާއި، އަވަނާއި އެއާކޯން ހިމެނޭހެން ގިނަ ޕްރޮޑަކްޓުތަކަކުން 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޮގަސްޓު މަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ.

ހިޓާޗީގެ އުފެއްދުންތަކުގެ ތެރެއިން އެއާކޯން އަދި ރެފްރިޖިރޭޓަރު ފަދަ ތަކެތި ގެތަކާ ހަމައަށް ގެންގޮސްދިނުން އަދި އެއާ ކޮންޑިޝަނަރު ހަރުކުރުމުގެ ހިދުމަތް މުޅިން ހިލޭ ލިބޭނެއެވެ.

އެސްޓީއޯ އިން ބުނާގޮތުގައި، މި ޕްރޮމޯޝަންގެ ތެރެއިން ކުރާ ކޮންމެ 1،000ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. މީގެ ތެރެއިން ކޮންމެ ހަފުތާއަކު ނަސީބުވެރިއެއް ހޮވައި ވަރަށް އަގުހުރި އިނާމުތަކެއްދޭނެއެވެ.

ޕްރޮމޯޝަން ނިމުމުން ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރި ތިން މީހެއް ހޮވަން ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ މީހަކަށް 50،000 ރ. ގެ އެސްޓީއޯ ޕީޕަލް ޗޮއިސް ގިފްޓް ވައުޗާއެއް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ސޯޝަލް މީޑިއާގައި ހިޓާޗީ ޕްރޮޑަކްޓެއްގެ ފޮޓޯ ޕޯސްޓުކޮށްގެން ކޮންމެ ހަފުތާއަކުވެސް ނަސީބުވެރިއެއް ހޮވައި އެ ފަރާތަށް ވަރަށް އަގުހުރި އިނާމެއް ދޭން ވަނީ ނިންމައިފައެވެ. އެ މުބާރާތުގެ އިތުރު މައުލޫމާތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުން ލިބޭނެއެވެ.

އެސްޓިއޯ އިން ހިޓާޗީ ބްރޭންޑް އިންޕޯޓްކޮށް ވިއްކާތާ 25 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މި ބްރޭންޑްކީ ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ނަންބަރު ވަން ބްރޭންޑެވެ.
އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ އޭސީގެ ހަ މޮޑެލެއްގައި، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހައިފައެވެ.

ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅައި އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ އެ މަސައްކަތުގައި އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ.