މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,053 Stories
3,312 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ޓްރާންސްފޯމަރު ބަހައްޓާ ބިން ނުދީގެން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ކަމުގެ ކަންބޮޑުވުން
Business

ޓްރާންސްފޯމަރު ބަހައްޓާ ބިން ނުދީގެން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ކަމުގެ ކަންބޮޑުވުން

މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތުމާއެކު، ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން މާލޭ ސިޓީކައުންސިލުން ހަމަޖައްސައިދީފައި ނުވުމާއި ގުޅިގެން ސްޓެލްކޯ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ކުންފުނިން ބުނީ މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިފައިވާ ކަމަށެވެ. އެގޮތުން ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި،...

އެމްފައިސާ މެދުވެރިކޮށް ކިންގްސްޓަންގެ ސްކޫޕީ ސައިކަލުން ޑިސްކައުންޓް
Business

އެމްފައިސާ މެދުވެރިކޮށް ކިންގްސްޓަންގެ ސްކޫޕީ ސައިކަލުން ޑިސްކައުންޓް

އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާ މެދުވެރިކޮށް ކިންގްސްޓަން މޯލްޑިވްސް އިން ވިއްކާ ސްކޫޕީ ސައިކަލެއް ގަންނަ ނަމަ، ހާއްސަ ޑިސްކައުންޓެއް ލިބޭ އޮފާއެއް ތައާރަފުކޮށްފިއެވެ. މި އޮފާ ކުރިއަށް ދާނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން، މި ޕްރޮމޯޝަންގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ކިންގްސްޓަން ޝޯރޫމުން ވިއްކާ ސްކޫޕީ 2023 މޮޑެލް ސައިކަލަކަށް ފައިސާ ދައްކާ ނަމަ، 11،899 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ. މި އޮފާގެ ދަށުން ގަންނަ ސައިކަލް ކަސްޓަމަރުނަނަށް 99 ދުވަސް […]

ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ވިއްކަނީ
Business

ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ވިއްކަނީ

ތިލަފުށިން ސިނާއީ ބޭނުމަށް ފިޔަވަހިތަކަށް ބަހާލައިގެން ބީލަމުގެ އުސޫލުން ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ. ސިނާއީ މައި މަރުކަޒަށް ތިލަފުށި ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލާ މިއީ ފުރަތަމަ ފަހަރެވެ. ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ‘ޒޯން އޭ’ގެ ބިންތައް ކަމަށް އެޗްޑީސީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ. ސިނާޢީ ބޭނުންތަކަށް ބިން ވިއްކާނެ އުސޫލުތައް * އަމިއްލަ ފަރުދެއ...

އުރީދޫއިން ހިއްސާއަކަށް 3.04ރ. ބަހަން ނިންމައިފި
Business

އުރީދޫއިން ހިއްސާއަކަށް 3.04ރ. ބަހަން ނިންމައިފި

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04ރ. ބަހަން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ. މި އަދަދު ކަނޑައަޅާފައިވަނީ އިއްޔެ ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައެވެ. ނަމަވެސް މި އަދަދު ފާސް ކުރާނީ މިއަހަރު ބާއްވަން ނިންމާފައިވަނީ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ. މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށްވުރެ 34 ލާރި ބޮޑު އަދަދެކެވެ. […]

ވިނަރެސް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާއްމުކޮށްފި
Business

ވިނަރެސް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާއްމުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ “ވިނަރެސް” އެޕާޓްމަންޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށްފިއެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވިނަރެސް މަޝްރޫން އެޕާޓްމެންޓު ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމަށްފަހު ޝަކުވާ ހުށަހަޅަން ދިން މުއްދަތުގައި ހުށަހެޅި ޝަކުވާތައް ބަލާފައިވާ ކަމަށެވެ. އަދި އެ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށްފަހު ހައުސިން މިނިސްޓްރީން މުރާޖާކޮށްފައިވާ ލިސްޓު ވަނީ އާންމުކޮށ...

ވިލިމާލޭގައި މާދަމާއިން ފެށިގެން ބަހުގެ ހިދުމަތުން އަގު ނަގާނެ، ޓިކެޓެއް 5ރ. އަށް
Business

ވިލިމާލޭގައި މާދަމާއިން ފެށިގެން ބަހުގެ ހިދުމަތުން އަގު ނަގާނެ، ޓިކެޓެއް 5ރ. އަށް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ވިލިމާލޭގައި ދެމުންގެންދާ އިލެކްޓްރޯނިކް ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނަގާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުމްފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަހުގެ ހިދުމަތް ވިލިމާލޭގައި 24 ގަޑިއިރު ލިބޭނެ ކަމަށާއި އެ ހިދުމަތަށް ކަނޑައަޅާފައިވާ އަގަކީ ފަސް ރުފިޔާ ކަމަށެވެ. މި ދަތުރުތަކަށް ތިން ޒަރީއާއަކުން ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާނެ ކަމަށް ބުންޏެވެ. އެއީ...

ބީއެމްއެލް އިން ސްޓޫޑެންޓް ލޯނާއި އިސްލާމިކް އެޑިއުކޭޝަން ފައިނޭންސް އިންޓްރެސްޓް ކުޑަކޮށްފި
Business

ބީއެމްއެލް އިން ސްޓޫޑެންޓް ލޯނާއި އިސްލާމިކް އެޑިއުކޭޝަން ފައިނޭންސް އިންޓްރެސްޓް ކުޑަކޮށްފި

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ސްޓޫޑެންޓް ލޯނާއި އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ އިންޓްރެސްޓް ކުޑަކޮށްފިއެވެ. އެ ކުންފުނިން ވަނީ ދާދިފަހުން ކުރީގެ ރޭޓުން އެއް އިންސައްތަ ވެސް ކުޑަކޮށްފައެވެ. އެގޮތުން ކުރިން ނުވަ އިންސައްތައިގައި ހުރި އިންޓްރެސްޓް ރޭޓު މިހާރު ވަނީ އަށަކަށް ބަދަލުކޮށްފައެވެ. ބީއެމްއެލްއިން މިއަދު ބުނީ، މިއަދުން ފެށިގެން އެ ލޯނުގެ އިންޓްރެސްޓް ފަސް އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށެވެ. މިހާރު ނަގާފައިވާ ކިޔާވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރަށް އަ...

ހުޅުމާލޭގައި ގަވައިދާއި ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަން ފަށައިފި
Business

ހުޅުމާލޭގައި ގަވައިދާއި ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަން ފަށައިފި

ހުޅުމާލޭގައި ގަވައިދާއި ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރަން ފަށައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މީގެ ކުރިން އެ ކުންފުނިން ކޮށްފައިވާ އިއުލާނާ އެއްގޮތަށް މިހާރު ހުޅުމާލޭގައި ގަވައިދާއި ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލުތައް ޓޯ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މިއަދު ނަގަން ފަށާފައިވަނީ އިންޖީނު އަދި ރަޖިސްޓްރީ ބޯޑެއް ނެތް ގަވާއިދާ ހިލާފަށް މަގުމައްޗަށް ދޫކޮއްލާފައިވާ އުޅަނދުތަކެވެ. ހުޅުމާލޭގައި ގަވައ...

އެސްޓީއޯ ނިޕޯން އަދި މަކިޓާ ރަމަޟާން ބާޒާރު ފަށައިފި
Business

އެސްޓީއޯ ނިޕޯން އަދި މަކިޓާ ރަމަޟާން ބާޒާރު ފަށައިފި

އެސްޓީއޯ ނިޕޯން ރަމަޟާން ބާޒާރާއި މަކިޓާ ޝޯރޫމުގެ ރަމަޟާން ބާޒާރު ފަށައިފިއެވެ. މިއަދު މަކިޓާ ޝޯރޫމުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަ، އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، މުހައްމަދު އީމާންއެވެ. ނިޕޯން ރަމަޟާން ބާޒާރާއި މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ މިއަދުން ފެށިގެން 29 އެޕްރީލްގެ ނިޔަލަށެވެ. މި ބާޒާރުގައި މަކިޓާ ޝޯރޫމާއި ނިޕޯންގެ އުފެއްދުންތައް ގަނެގެން އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ...

އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މާޗު މަހު
Business

އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މާޗު މަހު

އުރީދޫ މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާރިޗު މަހު ބާައްވަން ތާވަލުކޮށްފިއެވެ. މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ، 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެވަޑައިގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެއެވެ. އުރީދޫ އިން 2023 ވ...

އެލައިޑް މޮޓޯ ކެމްޕޭން ފަށައިފި
Business

އެލައިޑް މޮޓޯ ކެމްޕޭން ފަށައިފި

އެލައިޑްގެ މޮޓޯ ކެމްޕޭން މިއަދު ފަށައިފިއެވެ. އެލައިޑުން ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް ޕްލިސީ ލޯންޗް ކުރީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިޕޮލިސީގެ ދަށުން 140 ހެލްމެޓް ދިނުމަށް އެލައިޑުން ވަނީ ނިންމާފައެވެ. އެގޮތުން ޕޮލިސީ ނަގާ ފުރަތަމަ 140 ފަރާތައް މި ހެލްމެޓް ލިބޭނެއެވެ. އެލައިޑުން ވަނީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ފުލުހުންގެ “ރައްކާ” ޕްރޮގްރާމަށް ވެސް ހެލްމެޓް ހަދިޔާކޮށްފައެވެ. އެ ޕްރޮގްރާމަށް 100 ހެލްމެޓް ވަނީ […]

އީޓުކުރިން ކެއާ ޕްލަސްއާ ގުޅިގެން ހާއްސަ ގިވްއަވޭއެއް
Business

އީޓުކުރިން ކެއާ ޕްލަސްއާ ގުޅިގެން ހާއްސަ ގިވްއަވޭއެއް

އީޓުކުރިން ސްކިން ކެއާގެ އުފެއްދުންތައް ވިއްކާ “ކެއާ ޕްލަސް” އާ ގުޅިގެން ގިވްއަވޭއެއް ފަށައިފިއެވެ. މި ގިވްއަވޭގެ ދަށުން ގައިގެ ހަންގަނޑަށް ފައިދާހުރި އެކި މާއްދާތައް ހިމެނޭ 10 ސިރަމް ފުޅި ލިބޭނެއެވެ. ގިވްއަވޭގައި ބައިވެރިވެވޭނީ އީޓުކުރި އަދި ކެއާ ޕްލަސް އަށް ފޮލޯކުރުމަށް ފަހު އީޓުކުރި ޕޭޖުގައިވާ ގިވްއަވޭއާ ގުޅޭ ޕޯސްޓަށް ލައިކްކޮށް، ސްޓޯރީ އަށް އެ ޕޯސްޓް ހިއްސާ ކުރުމުންނެވެ. ޕްރައިވެޓް އެކައުންޓުތަކުން ސްޓޯރީއަށް ޕޯސްޓު ޝެއާކުރުމަށް ފަހު، ސްކްރީންޝޮޓް ފޮނުވަން އީޓުކުރިން ވަނީ […]

ބީއެމްއެލް އިން ޑޮލަރު ނެގޭ ލިމިޓު އުވާލައިފި
Business

ބީއެމްއެލް އިން ޑޮލަރު ނެގޭ ލިމިޓު އުވާލައިފި

ޑޮލަރު އެކައުންޓުން ނަގުދު ފައިސާ ނެގުމަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިން ކަނޑައަޅާފައިވާ ލިމިޓް އުވާލައިފިއެވެ. ބީއެމްއެލުން ބުނީ އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓް 1 ފެބްރުއަރީން ފެށިގެން އުވާލާފައިވާ ކަމަށެވެ. އެގޮތުން ހ. މެރިން ޑްރީމް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާ މުއިގައި ގާއިމްކޮށްފައިވާ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600...

އެމްޑަބްލިއުއެސްސީން ޅ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ސެންޓަރަށް ހަދައިދީފި
Business

އެމްޑަބްލިއުއެސްސީން ޅ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ސެންޓަރަށް ހަދައިދީފި

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑަުަޔަލިސިސް ސެންޓަރެއް ހަދައިދީފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިއީ އެ ސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅޭ ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހެދި ސެންޓަރެކެވެ. މި ސެންޓަރުގެ ސަބަބުން އެ ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ […]

ކަމަދޫ ބަނދަރު ތަރައްގީކުރަން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި
Business

ކަމަދޫ ބަނދަރު ތަރައްގީކުރަން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާަ ގޮތުގައި މި މަޝްރޫއުގެ، އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، އައު ހާބަ ބޭސިން ފުންކުރުމުގެ ވޭރިއޭޝަން މަސައްކަތުގެ 92 އިންސައްތަ މިހާރު ވަނީ ނިންމާލެވިފައެވެ. މި މަޝްރޫއުގެ ދަށުން، 30،933 ކިއުބިކް މީޓަރުގެ ސަރަހައްދެއް...