އީޓުކުރިން ސްކިން ކެއާގެ އުފެއްދުންތައް ވިއްކާ "ކެއާ ޕްލަސް" އާ ގުޅިގެން ގިވްއަވޭއެއް ފަށައިފިއެވެ.

މި ގިވްއަވޭގެ ދަށުން ގައިގެ ހަންގަނޑަށް ފައިދާހުރި އެކި މާއްދާތައް ހިމެނޭ 10 ސިރަމް ފުޅި ލިބޭނެއެވެ. ގިވްއަވޭގައި ބައިވެރިވެވޭނީ އީޓުކުރި އަދި ކެއާ ޕްލަސް އަށް ފޮލޯކުރުމަށް ފަހު އީޓުކުރި ޕޭޖުގައިވާ ގިވްއަވޭއާ ގުޅޭ ޕޯސްޓަށް ލައިކްކޮށް، ސްޓޯރީ އަށް އެ ޕޯސްޓް ހިއްސާ ކުރުމުންނެވެ.

Ad
rt

ޕްރައިވެޓް އެކައުންޓުތަކުން ސްޓޯރީއަށް ޕޯސްޓު ޝެއާކުރުމަށް ފަހު، ސްކްރީންޝޮޓް ފޮނުވަން އީޓުކުރިން ވަނީ ބުނެފައެވެ. އަދި ޕޯސްޓުގެ ކޮމެންޓުގަައި ތިން މީހަކު ޓެގުކުރަން ޖެހޭނެއެވެ.

ގިވްއަވޭގައި ބައިވެރިވުމަށް ތިން މީހަކު ޓެގުކުރާ ކޮންމެ ކޮމެންޓެއް ވަކި އެންޓްރީއެއްގެ ގޮތުގައި ބަލާނެ އެވެ. ގިނައިން ކޮމެންޓުކުރާ މީހުންނަށް ގިވްއަވޭ ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އީޓުކުރިން ވަނީ ބުނެފައެވެ.

މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

View this post on Instagram

A post shared by eTukuri.mv (@etukuri.mv)


ގިވްއަވޭގައި ހިމަނާފައިވާ 10 ސިރަމުގެ ތެރޭގައި ހައިލޮރޮނިކް 3ޑީ ސިރަމް، ކޮލެޖަން ވިޓަމިން ސީ ސިރަމް، ރެޓިނޯލް އީ ސިރަމް، ޕޯ ޑައުންސައިޒާ ސިރަމް، ނައަސިނަމައިޑް ޖީ ސިރަމް އަދި އޭއެޗްއޭ ޕީލިންގް ސޮލިއުޝަން ހިމެނެ އެވެ. ބީޓާ ސޮލިއުޝަން، ގޯލްޑް އެންޑް ޕެޕްޓައިޑް 24ކޭ އެންޑް ޕިއޯ ވިޓަމިން ސީ ސިރަމް ވެސް ހިމެނެއެވެ.

ކެއާ ޕްލަސް އަކީ ފާމަސޫޓިކަލް އަދި ބިއުޓީ އާއި ވެލްނެސް ޕްރޮޑަކްޓްސް ވިއްކާ އޮންލައިން ވިޔަފާރިއެކެވެ. ކެއާ ޕްލަސްގެ އުފެއްދުންތައް އީޓުކުރި ޕްލެޓްފޯމުން ވެސް ލިބޭނެއެވެ.