އެސްޓީއޯ ނިޕޯން ރަމަޟާން ބާޒާރާއި މަކިޓާ ޝޯރޫމުގެ ރަމަޟާން ބާޒާރު ފަށައިފިއެވެ.
މިއަދު މަކިޓާ ޝޯރޫމުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަ، އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، މުހައްމަދު އީމާންއެވެ.
ނިޕޯން ރަމަޟާން ބާޒާރާއި މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ މިއަދުން ފެށިގެން 29 އެޕްރީލްގެ ނިޔަލަށެވެ.
މި ބާޒާރުގައި މަކިޓާ ޝޯރޫމާއި ނިޕޯންގެ އުފެއްދުންތައް ގަނެގެން އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި، އެސްޓީއޯ މަކިޓާ ޝޯރޫމް އަދި ނިޕޯން ޝޯރޫމްއިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.

މި ދެ ރަމަޟާން ބާޒާރުން ހޮވޭ ނަސީބުވެރި ފަރާތައް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 20،000 ރުފިޔާގެ އަގުހުރި މުދާ ދިނުމަށް ވަނީ ނިންމާފައެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރަމަޟާން ބާޒާރު ފަށާފައިވަނީ 23 ޖެނުއަރީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!