ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ "ވިނަރެސް" އެޕާޓްމަންޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވިނަރެސް މަޝްރޫން އެޕާޓްމެންޓު ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމަށްފަހު ޝަކުވާ ހުށަހަޅަން ދިން މުއްދަތުގައި ހުށަހެޅި ޝަކުވާތައް ބަލާފައިވާ ކަމަށެވެ. އަދި އެ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށްފަހު ހައުސިން މިނިސްޓްރީން މުރާޖާކޮށްފައިވާ ލިސްޓު ވަނީ އާންމުކޮށްފައެވެ.
މި ލިސްޓުގައި ސީލައިފް އަދި ގުޅިފަޅު ކެޓަގަރީގެ އެއްވެސް ފަރާތެއް ނުހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މިއަދު އާންމުކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި އެޕްލިކެންޓް އަދި ކޯ އެޕްލިކެންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށްދެވޭނީ އެންމެ ފޯމަކާއެކު ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ދެމަފަރިން ވަކިން ފޯމެއް ހުށަހަޅާފައިވިޔަސް އެފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފުލެޓެކެވެ. އެހެންކަމުން އެފަރާތްތަކަށް އެކަން ހައްލުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ވިނަރެސް އެޕާޓްމެންޓަށް ޝަރުތުހަމަވެފައިވާ ފަރާތްތަކުގެ މާލީ ގާބިލުކަން ބެލުމަށް ލިޔެކިޔުންތައް ހަމަކުރުމަށްފަހު ބުކިން ފީ ނެގުމާއި ވިނަރެސް އެޕާޓްމެންޓް އިހުތިޔާރު ކުރުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން، އެޕާޓްމެންޓް އިހުތިޔާރުކުރުމަށްފަހު ލީސް ޓު އޯން އަދި ފުލް ޕޭމަންޓް މޮޑެލް ހިޔާރުކޮށްފައިވާ ފަރާތްތައް ބެލުމަށްފަހު ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މާލީ ގާބިލިއްޔަތުކަން ކަށަވަރުކުރުމަށް ތާޑް ޕާޓީއެއް މެދުވެރިކޮށް އިވެލުއޭޝަން ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ވިނަރެސް މަޝްރޫއިން އެފާރޓްމަންޓް ގަތުމަށްއެދި ފޯމު ހުށަހެޅި ފަރާތްތަކުގެ މުރާޖާ ކޮށްފައިވާ ލިސްޓު އާންމުކުރުން
ލިންކް: https://t.co/XJGf2FhIgj— HDC (@hdcmaldives) February 2, 2023
އެ ޕޭމަންޓް މޮޑަލްތައް ހިޔާރުކުރި ފަރާތްތަކަށް ވިނަރެސް އެޕާޓްމެންޓް ކަށަވަރު ވާނީ އެ ފަރާތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ބެލުމަށްފަހު އެޗްޑީސީން މާލީ ގާބިލިއްޔަތުކަން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މާލީ ގާބިލުކަން ފުރިހަމަވާކަން ތާޑްޕާޓީ އިވެލުއޭޓަރުން ނިންމުމުން ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެންޑް ޔޫޒާ މޮޑެލް ހިޔާރުކޮށްފައިވާ ފަރާތްތައް ބުކިން ފީ ދައްކައި އެޕާޓްމެންޓް އިހުތިޔާރުކުރުމުގެ މަރުހަލާ ނިމުމުން، މާލީ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެފަރާތްތަކާ ހިއްސާ ކުރާނެ ކަމަށެވެ. އަދި އެ ޕޭމަންޓް މޮޑެލްގެ ދަށުން ވިނަރެސް އެޕާޓްމެންޓް ކަށަވަރު ވާނީ މާލީ އިދާރާއަކުން ލޯނު ހަމަޖެހުނުކަމުގެ ލިޔުން އެޗްޑީސީއަށް ހުށަހެޅުމުން ކަމަށެވެ.
ޕޭމަންޓް ކަންކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 3353535 ގުޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
އެޗްޑީސީން ބުނީ އެ ނަންބަރުގެ އިތުރުން އެއްވެސް މޯބައިލް ނަމްބަރަކުން ވިނަރެސް މަޝްރޫއާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ނުގުޅާނެ ކަމަށެވެ. އަދި އެސްއެމްއެސް ނުވަތަ ލިންކެއްވެސް ނުފޮނުވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!