އެލައިޑްގެ މޮޓޯ ކެމްޕޭން މިއަދު ފަށައިފިއެވެ.

އެލައިޑުން ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް ޕްލިސީ ލޯންޗް ކުރީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

މިޕޮލިސީގެ ދަށުން 140 ހެލްމެޓް ދިނުމަށް އެލައިޑުން ވަނީ ނިންމާފައެވެ. އެގޮތުން ޕޮލިސީ ނަގާ ފުރަތަމަ 140 ފަރާތައް މި ހެލްމެޓް ލިބޭނެއެވެ.

އެލައިޑުން ވަނީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ފުލުހުންގެ “ރައްކާ” ޕްރޮގްރާމަށް ވެސް ހެލްމެޓް ހަދިޔާކޮށްފައެވެ. އެ ޕްރޮގްރާމަށް 100 ހެލްމެޓް ވަނީ ހަދިޔާ ކޮށްފައެވެ.

އެލައިޑަކީ ރާއްޖޭގެ ލީޑިން އިންޝުއަރެންސް ކުންފުންޏެވެ.

އެ ކުންފުނިން ތަފާތު އެކި ކަންކަމާ ގުޅުންހުރި އިންޝުއަރެންސް ޕްލޭންތައް ލިބެން ހުރެއެވެ.