ހުޅުމާލޭގައި ގަވައިދާއި ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރަން ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މީގެ ކުރިން އެ ކުންފުނިން ކޮށްފައިވާ އިއުލާނާ އެއްގޮތަށް މިހާރު ހުޅުމާލޭގައި ގަވައިދާއި ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލުތައް ޓޯ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

Ad
rt

އެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މިއަދު ނަގަން ފަށާފައިވަނީ އިންޖީނު އަދި ރަޖިސްޓްރީ ބޯޑެއް ނެތް ގަވާއިދާ ހިލާފަށް މަގުމައްޗަށް ދޫކޮއްލާފައިވާ އުޅަނދުތަކެވެ.

ހުޅުމާލޭގައި ގަވައިދާއި ޚިލާފަށް ޕާކުރާ އުޅަނދުތައް ޓޯ ކުރުމާއި ގުޅޭގޮތުން އެޗްޑީސީއިން އިއުލާނު ނެރެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ގައެވެ.

އެ އިއުލާނުގައި އެޗްޑީސީއިން ބުނީ ގަވައިދާއި ޚިލާފަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގު ބޭނުން ކުރާ ފަރާތްތަކަށް އެކި ވަރުގެ އުނދަގޫތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.