ފެނާންދޭޒްގެ ލަނޑުން ޕޯޗުގަލުން ސްލޮވާކިއާ ބަލިކޮށްފި
ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ޖޭގައި ރޭ ޕޯޗުގަލްއާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ޕޯޗުގަލުން ކާމިޔާބު ކޮށްފިއެވެ. ކޮލިފައިންގައި މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ޕޯޗުގަލުން ވަނީ ކާމިޔާބު ކޮށްފައެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ޕޯޗުގަލުން ސްލޮވާކިއާގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ޕޯޗުގަލްއަށް ވަނީ ކުޅުނު ފަސް މެޗުން ފަނަރަ ޕޮއިންޓް ލިބިފައެވެ. މި ގްރޫޕްގެ ދެވަނާގައި ސްލޮވާކިއާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު […]