ރޮނާލްޑޯގެ ލަނޑުން މޮޅުވެ އަލް ނަސްރު ހަތަރަކަށް
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އަލް ތާއީ ބައްދަލުކުރި މެޗު ނަސްރުން ކާމިޔާބު ކޮށްފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ނަސްރުން ވަނީ 2-1 ގެ ނަތީޖާއިން ތާއީ ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ނަސްރުންނެވެ. މި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ޓަލިސްކާއެވެ. ނަމަވެސް މެޗުގެ 79 ވަނަ މިނެޓުގައި ތާއީން އުފެއްދި ކައުންޓަ އެޓޭކެއްގައި ލަނޑުޖަހައި […]